Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

އައްޑޫ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އިތުރު ޖަނަރޭޓަރެއް ގެންދަނީ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް 1.8 މެގަވޮޓުގެ އިތުރު ޖަނަރޭޓަރެއް އަންނަ ހަފްތާތެރޭ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަން ކޯޕަރޭޝަނުން ބުނެފިއެވެ.

ދައުލަތުގެ މީޑިޔާ، ޕީއެސްއެމްއާ ވާހަކަ ދައްކަވަމުން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހު ވިދާޅުވީ، މި މައްސަލަ ހައްލު ކުރުމަށް އަންނަ ހަފްތާ ތެރޭގައި އިތުރު ޖަނަރޭޓަރެއް އައްޑޫ ސިޓީއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަޖާހު ވިދާޅުވީ މިހާރު ދިމާވި މައްސަލައަކީ ސްޕެއަރ ނެތިގެން ދިމާވި މައްސަލައެއް ނޫން ކަމަށެވެ.

"ހުރިހާ ޖަނަރޭޓަރުތަކުގެ ސްޕެއަރ އެހެރީ އައްޑޫގައި. ޖަނަރޭޓަރަށް ދިމާވި މައްސަލަތަކެއް އެ ދިމާވީ. ދެން ސްޕެއަރ ހުރެގެން މަރާމާތު ކުރަމުން މިދަނީ. ކުރީގައި މިދެންނެވި ޓައިމް ޕީރައަޑަށް ހުރިހާ ސްޕެއަރ ހުންނާނީ އައްޑޫގައި. އޭރު ވާހަކަ ދެކެވުނު ގޮތަށް އިތުރު ޖަނަރޭޓަރުތަކެއް އައްޑޫއަށް އެބަގެންދަން. ދެން އިތުރު ޖަނަރޭޓަރެއް ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން އެބަގެންދަން. އިތުރަށް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް މިފެށޭ ހަފްތާ ތެރޭގައި ގެނެވޭތޯ މަސައްކަތް ކުރަމުން މިދަނީ." ނަޖާހު ވިދާޅުވިއެވެ.

ނަޖާހު އިތުރަށް ވިދާޅުވީ، އައްޑޫ ސިޓީގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިދަތުރުގެ ތެރެއިން ދާއިމީ ހައްލެއް ހޯދުމަށް ބަލަންޖެހޭ ކަންކަން ބަލައި މިއަހަރު ތެރޭ އެހައްލު ހޯދުމަށް ކަމާއި ގުޅުންހުރި އިދާރާތަކަށް ޕްރޮޕޯސަލް ހުށަހަޅުއްވާނެކަމަށެވެ. އިތުރުވާ ދެ ޖަނަރޭޓަރާއެކު، މިހާރު ކަރަންޓު ކެނޑޭ މައްސަލަ ހައްލުވެގެންދާނެކަމަށާއި އޭގެ ފަހުން މިހާރު ހުރި އިންޖީނުތައް އޯވަރހޯލް ކުރުމުގެ މަސައްކަތް ކުރަން ފަށާނެ ކަމަށް ވެސް ނަޖާހު ވިދާޅުވިއެވެ.

"މިހާރު ހަލާކުރެވިފައި ހުރި އެއްޗެއްސަށް ބޭނުންވާ ސްޕެއަރވެސް އެބަހުރި. ދެން އިންޖީނުތައް އޯވަރހޯލް ކުރުމުގެ މަސައްކަވެސް އަޅުގަނޑުމެން ފައްޓާނަން. އަޅުގަނޑުމެން [އޯވާހޯލް] ކިޓްތައް ލިބޭ ވަރަކުން މި މަސައްކަތް ކުރަމުން ދާނީ. ރޯދަމަހަށް ޖަނަރޭޓަރުތަކެއް ޑައުންކޮށްފިއްޔާ ރައްޔިތުންނަށް ތަކުލީފުތަކެއް އައިސްދާނެ." ނަޖާހު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ޚިދުމަތް ފޯރުކޮށްދޭ ޖަނަރޭޓަރުތަކަށް މައްސަލަ ދިމާވީ އައްޑޫގެ ސެންޓްރަލް ޕަވަރ ސްޓޭޝަނުގައި ބޭނުން ކުރަމުންދާ ޖަނަރޭޓަރުތައް ޤަވާއިދުން މަރާމާތު ނުކުރުމުގެ ސަބަބުން ކަމަށް ފެނަކައިން ބުނެފައިވެއެވެ. މި މައްސަލަ ހައްލުކުރުމަށް ފެނަކައިން މީގެ ކުރިން ވެސް އައްޑޫ ސިޓީއަށް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް މިދިޔަ މަހުގެތެރޭގައި ގެންގޮސްފައިވެއެވެ. އެހެން ނަމަވެސް އިތުރު ޖަނަރޭޓަރުތަކުގައި މައްސަލަ ޖެހި ކަރަންޓު ލޯޑު ނުހިފެހެއްޓުމުގެ މައްސަލަ ކުރިމަތިވެފައިވެއެވެ.

މި ލިއުމާއި ގުޅޭ