Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ

ދެ ކޮޓަރި 7،000 އަށް، ތިން ކޮޓަރި 9،000 އަށް

ގެދޮރުވެރިޔާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ނަގަން ކުރިން އިއުލާނުކޮށްފައިވާ އަދަދުތަކަށް ބަދަލު ގެނެސްފި އެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިންގ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ މިދިޔަ ސަރުކާރުން، ދެ ކޮޓަރީގެ އެޕާޓްމެންޓަށް ކަނޑައަޅައިފައިވަނީ ކުލީގެ ގޮތުގައި 5،000 ރުފިޔާ ކަމަށްވާއިރު، ތިން ކޮޓަރީގެ އެޕާޓްމެންޓަށް ކަނޑައަޅައިފައިވަނީ 7،000 ރުފިޔާ ކަމަށެވެ.

"މި އަދަދުތަކަކީ ދައުލަތުން ލޯނު ދައްކަން ޖެހޭ ފައިސާއަށް ބަލައި، އެސެސްމެންޓް ހަދައިފައި ކަނޑައަޅައިފައި ހަދައިފައި ހުރި އަދަދުތަކެއް ނޫން. އަދި މިހާތަނަށް ކުރިއަށް ގެންގޮސްފައި ހުރި މަޝްރޫއުތަކުން ނަގަން ކަނޑައަޅައިފައި ހުރި އަދަދަށް ބަލާ ވެސް ކަނޑައަޅާފައި ހުރި އަދަދުތަކެއް ނޫން،" މިނިސްޓަރ ވިދާޅުވިއެވެ.

ފަހި ދިިރި އުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ހިސާބުތަކަށް ބަލާއިރުގައި އެކްޒިމް ބޭންކުން ނަގައިފައިވާ ލޯނު ދެއްކުމަށް މަހު ކުލީގެ ގޮތުގައި ތިން ކޮޓަރީގެ ފުލެޓަކުން 13،000 ރުފިޔާ ނަގަން ޖެހޭކަމަށާއި ދެ ކޮޓަރީގެ ފުލެޓަކުން 9،000 ރުފިޔާ ނަގަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެފްޑީސީގެ ހިސާބުތަކަށް ބަލާއިރުގައި ލޯނު ދެއްކުމަށް ބޭނުންވާ ފައިސާ ދެއްކުމަށް ޓަކައި، މާނައަކީ އެކްޒިމް ބޭންކުން ނަގައިފައިވާ ލޯނަކުން 85 ޕަސެންޓުން މިކުރާ މަސައްކަތުން، އެ ލޯނު ދެއްކުމަށް ބޭނުންވާ ފައިސާ ސަރުކާރުން ހޯދާ ނަމަ ތިން ކޮޓަރީގެ ފުލެޓަކުން 13،000 ރުފިޔާ ނަގަން ޖެހޭ މަހު ކުއްޔަށް، ދެ ކޮޓަރީގެ ފުލެޓަކުން 9،000 ރުފިޔާ ނަގަން ޖެހޭ،" މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން ސަރުކާރުން ކަނޑައެޅީ ދެ ކޮޓަރީގެ ކުއްޔަށް 7،000 ރުފިޔާ ނެގުމަށާއި ތިން ކޮޓަރިއަށް 9،000 ރުފިޔާ ނެގުމަށެވެ. އޭގެ ތެރެއިން ދެ ކޮޓަރީގެ މެއިންޓެނެންސްގެ ގޮތުގައި 1،000 ރުފިޔާއާއި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 15،000 ރުފިޔާ ނަގާނެއެވެ. ތިން ކޮޓަރީގެ އެޕާޓްމެންޓަށް މެއިންޓެނެންސް ފީގެ ގޮތުގައި 1،500 ނަގާއިރު ސެކިއުރިޓީ ޑިޕޮސިޓަށް 25،000 ރުފިޔާއެވެ.

މި ލިއުމާއި ގުޅޭ