Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ

ޤުރުއާން މަރުކަޒުތަކުގެ ފުރަތަމަ ގޮފި މާއުނގޫދޫގައި

ޤުރުއާން މަރުކަޒުތަކުގެ މަޝްރޫއުގެ ފުރަތަމަ ގޮފި ށ. މާއުނގޫދޫގައި ގާއިމުކުރަން ނިންމައިފިއެވެ.

މީޑިޔާ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އަލަށް އިމާރާތް ކުރަން ފަށާ ޤުރުއާން މަރުކަޒުގެ ގޮފިތަކުގެ ޑިޒައިން ހިއްސާކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ސަރުކާރު ޚަރަދުގައި މީގެ ފުރަތަމަ މަޝްރޫޢު ށ. މާއުނގޫދުގައި މި އަހަރު ފަށާނެކަމަށެވެ.

"މިއަހަރު ސަރުކާރު ޚަރަދުގައި މީގެ ފުރަތަމަ މަޝްރޫޢު ށ. މާއުނގޫދުގައި ރޯދަ މަސް ފަހުން ފަށާނެ. އިންޝާ ﷲ" މިނިސްޓަރ ވިދާޅުވިއެވެ.

މި މަޝްރޫޢުގެ އަގަކީ ގާތްގަނޑަކަށް 4.3 މިލިއަން ރުފިޔާކަމަށާއި އެ ތަނުގައި ތިން ކްލާސްރޫމާއި ލައިބްރަރީއާއި ހޯލެއް ހިމެނޭނެކަމަށް ވެސް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ދެ ހާސް މީހުން ބައިވެރިވެގެން އަޅާ ނަމަ މީހަކު ހޭދަކުރަން ޖެހޭނީ 2150 ރުފިޔާއެވެ.

މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ މިފަދަ ކަންކަން ވެސް ރާއްޖެގައި ކުރެވެން އެބަހުރިކަމަށާއި މިހާތަނަށް ހަތަރު ރަށެއްގައި ޤުރުއާން މަރުކަޒުގެ ގޮފިތައް އަޅަން އެދިފައިވާކަމަށެވެ.

މި ލިއުމާއި ގުޅޭ