Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ

ހަ ރަށެއްގައި އައު މިސްކިތް އިމާރާތް ކުރަނީ

ރޯދައިގެ ފަހުން 6 ރަށެއްގައި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ މިސްކިތް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ އއ. ރަސްދޫ، އދ. ފެންފުށި، ފ. ފީއަލި، ގދ. މަޑަވެލި، ހ.އ ބާރަށް، ތ. ވޭމަންޑޫގައި ކަމަށެވެ.

މި މިސްކިތްތަށް ނިމޭއިރު، ސޯލާއާއި އޭސީ ވެސް ހަރުކުރެވި، ނެވިލޯން ވެސް އަޅާނެ ކަމަށް ވިދާޅުވިއެވެ. މިސްކިތްތަށް ޑިޒައިން ކޮށްފައިވަނީ ކޮންމެ މިސްކިތެއްގައި ވެސް ޤުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއެކު ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިސްކިތްތަކަކީ ރާއްޖޭގެ ތާރީޚާއި ސަޤާފަތާއި މާޙައުލާއި ގުޅޭގޮތައް ޑިޒައިންކުރެވިފައިވާ މިސްކިތްތަކެއް ކަމަށާއި 6 ރަށުގައި އިމާރާތް ކުރާ މިސްކިތްތަކަކީ 300 މީހުން، 500 މީހުން، 700 މީހުންނަށް ނަމާދުކުރެވޭނެ 3 ސައިޒްގެ މިސްކިތައް ކަމަށެވެ.

މި މަޝްރޫޢުތަކަކީ ސަރުކާރުގެ ޚަރަދުގައި ކުރިއަށް ގެންދާ މަޝްރޫއުތަކަކަށްވާއިރު މިސްކިތްތަކުގެ ޑިޒައިން ކުރަހާފައިވަނީ ރިޔަން ކުންފުނިންނެވެ.

ރާއްޖޭގެ 6 ރަށެއްގައި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާއިރު މިސްކިތްތަކުގައި ފަންޑުފޮށިތައް ބަހައްޓައިގެން ކުރިއަށް ގެންދާ ކަންކަން ރެގިއުލޭޓްކުރާނެ ގަވާއިދެއް ހެދުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މި ލިއުމާއި ގުޅޭ