ޕީޕީއެމްގެ ނައިބު ރައީސަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް އައްޔަންކޮށްފިއެވެ.
އެ މަގާމަށް އޭނާ އައްޔަންކުރީ ގިނަ ދުވަސް ދުވަސްތަކަކަށް ފަހު ޕީޕީއެމްގެ ސެނެޓުން މިއަދު ބޭއްވި ބައްދަލުވުމުގައެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިއްތިފާގުން ވަނީ ވަނީ އެ ޕާޓީގެ ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް ހަލީލް އައްޔަންކޮށް ސެކްރެޓަރީ ޖެނެރަލް ކަމަށް އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގު ހަލީމް ކަނޑައަޅައަޅާފައެވެ.
ޕީޕީއެމުން މިއަދު ސެނެޓު ބައްދަލުވުމުން ބާއްވަން ނިންމުމުން، ބައެއް ނޫސްތަކުން ވަނީ ޕީޕީއެމް އުވާލަން އުޅޭ ކަމަށް ހަބަރު ޝާއިއު ކޮށްފައެވެ. ނަމަވެސް ޕީޕީއެމްގެ އޮފިޝަލަކު ވަނީ އެކަން ދޮގުކޮށްފައެވެ. އޭނާ ވިދާޅުވީ އެފަދަ މަޝްވަރާއެއް ނުކުރާ ކަމަށެވެ.
ޚަލީލް އެ މަގާމަށް އައްޔަން ކުރުމާއެކު އޭނާގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި މިހާރު ތިއްބަވާނީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ.