Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ހަބީބް އައްޔަންކުރަން ފޮނުވައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް އިސްމާއިލް ހަބީބް އައްޔަންކުރަން އޭނާގެ ނަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ އެޗްއާރްސީއެމްގައި ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް މެންބަރަކު އައްޔަން ކުރަން ރައީސް އޮފީހުން ކުރި އިއުލާނަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ނަމަކީ އިސްމާއިލް ހަބީބް ކަމަށެވެ.

ހަބީބުގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް މަޖިލީސް ރައީސް އަބްދުއްރަހީމް ވަނީ ފޮނުއްވާފައެވެ.

ހަބީބަކީ އިލެކްޝަން ކޮމިޝަންގައި 21 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެތެރެއިން ދިހަ އަހަރު ހޭދަކުރެއްވެވީ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައެވެ.

މި ލިއުމާއި ގުޅޭ