Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހިންނަވަރު

ރައްޔިތުން ހަވާލުކުރި އަމާނާތަށް ހިޔާނާތްތެރި ނުވާނަން: ހިންނަވަރު އިންތިހާބީ މެންބަރު

ރައްޔިތުން ހަވާލުކުރީ އަމާނާތެއްކަމަށާއި އެ އަމާނާތަށް ހިޔާނާތްތެރި ނުވާނެކަމަށް ހިންނަވަރު ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު އަބްދުލް ރަހްމާން ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.

އިންތިހާބީ މެންބަރު މުހައްމަދު ވިދާޅުވީ ރައްޔިތުން ޕީއެންސީގެ ކެންޑިޑޭޓުން ބަލައިގަނެފައިވާކަމަށާޢި ހިންނަވަަރުގެ ރައްޔިތުންވެސް ދިވެހިންގެ ރާއްޖެއަށް އާނބަސް ބުނެފައިވާކަމަށެވެ.

އޭނާ ވިދާޅުވީ ރައީސުލްޖުމުހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކަށް ވެސް ރައްޔިތުން އާނބަސް ބުނެފައިކަމަށާއި ހިންނަވަރު ރައްޔިތުން އާނބަސް ބުނެފައިވަނީ ޕީއެންސީގެ ސަރުކާރު ހިންގުމަށްޓަކައިކަމަށެވެ.

މުހައްމަދު ވިދާޅުވީ އޭނާއަކީ ދިވެހިންގެ ރާއްޖޭގެ ސިޔާސަތުތަކާއިއެކު ރައްޔިތުންގެ ކުރިމައްޗަށް ނުކުތް މީހެއްކަން ހަނދުމަކޮށް އަރުއްވާކަމަށާއި އޭނާއަކީ ރައްޔިތުން ރުހުން ދީފައިވާ ސަރުކާރު ހަލުވި ދުވެއްޔެއްގައި ހިންގުމަށްޓަކައި ރައްޔިތުން އިންތިހާބުކުރި މީހެއްކަމަށެވެ.
މީގެއިތުރުން އޭނާއަކީ މަޖިލީހުގެ ތަޅުމުގައި ހިންނަވަރުގެ ހުރިހާ ރައްޔިތުންގެ ޝުއޫރުތައް ފާޅުކުރައްވާނެ މީހެއްކަމަށާއި ރަށާއި ރައްޔިތުންގެ ތަރައްގީއަށް މަސައްކަތްކޮށްދޭނެކަމުގެ ޔަގީންކަން ދެއްވާކަމަށް އިންތިހާބީ މެންބަރު ވިދާޅުވިއެވެ.

މީގެއިތުރުން އޭނާއަކީ މަޖިލީހުގެ ތަޅުމުގައި ހިންނަވަރުގެ ހުރިހާ ރައްޔިތުންގެ ޝުއޫރުތައް ފާޅުކުރައްވާނެ މީހެއްކަމަށާއި ރަށާއި ރައްޔިތުންގެ ތަރައްގީއަށް މަސައްކަތްކޮށްދޭނެކަމުގެ ޔަގީންކަން ދެއްވާކަމަށް އިންތިހާބީ މެންބަރު ވިދާޅުވިއެވެ.

މުހައްމަދު ވިދާޅުވީ ކެމްޕެއިނުގެ ތެރެއިން ރައްޔިތުންގެ ގާތުގައި އޭނާ ދެއްކެވި ވާހަކަތައް ދުވަހަކުވެސް ހަނދާން ނުނެތޭނެކަމަށާއި ރައްޔިތުންގެ ޝުއޫރުތަކާއި އިހުސާސްތަކުގައި ކޮޅުފައިންޖަހާނެ މީހެއްކަމަށް އޭނާ ނުވާނެކަމަށެވެ.

އަދި ސަރުކާރު ހިންގުމަށްޓަކައި ހަވާލުކުރި އަމާނާތަށް ހިޔާނާތްތެރިވާ މީހަކަށްވެސް ނުވާނެކަމުމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މި ލިއުމާއި ގުޅޭ