އިއްޔެ ބޭއްވުނު ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކޮށްފައިވާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯދި ބޭފުޅާގެ ޝަރަފު ލިބިވަޑައިގަނެފައިވަނީ މީގެ ކުރިންވެސް ރައްޔިތުން މަޖިލީހުގައި އިންނެވި އިބްރާހިމް ޝުޖާއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ބަރަށު ދާއިރާގެ ގޮނޑީގައި އިންނަވާ ފަރާތަކީ ޝުޖާ ކަން އިއްޔެގެ ނަތީޖާތަކުން ހާމަވެގެންދިޔައެވެ. އަދި މީގެ އިތުރުން ޝުޖާ ވަނީ ދާއިރާގެ 83.46 އިންސައްތައިގެ ވޯޓު ކާމިޔާބުކުރައްވާ އެންމެ ބޮޑު އަގުލަބިއްޔަތަކުން މަޖިލިސް ކާމިޔާބުކުރެއްވި ފަރާތްކަމުގައިވެސް ވެފައެވެ.
ނިމިދިޔަ މަޖިލިސް އިންތިހާބުގައި ބާރަށު ދާއިރާއިން 2442 ވޯޓު ޝުޖާއަށް ލިބުނުއިރު، ޝުޖާއަކީ ނިމިދިޔަ މަޖިލީހަށް ހޮވުނު ކެނޑިޑޭޓެއް ނޫނެވެ. ނަމަވެސް، މަޖިލީހަށް ނުހޮވުނެއްކަމަކު ގައުމުގެ ނަމުގައި އަޑު އުފުލުމުގައި ޝުޖާ އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިފައެއް ނުވެއެވެ.
ބާރަށު ދާއިރާއަށް މިފަހަރުގެ އިންތިހާބުގައި ވާދަކުރައްވާފައިވަނީ 3 ކެނޑިޑޭޓުންނެވެ. އަދި، 3483 މީހުނަށް ބާރަށު ދާއިރާއިން ވޯޓު ލުމުގެ ހައްގު ލިބިފައިވާއިރު 2442 މީހުންގެ ވޯޓު ލިބުނު ޝުޖާއާ އެންމެ ގާތުން ވާދަކުރި ކެނޑިޑޭޓަށް ލިބިފައިވަނީ އެންމެ 468 ވޯޓެވެ. އެއީ ވޯޓުގެ އެންމެ 15.99 އިންސައްތައެވެ.