Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހީނާ ވަލީދު

ޕީޕީއެމް ދޫކޮށް ވަޑައިގަންނަވާ ބޭފުޅުންނަށް ޕާޓީ ހިނގަމުންދާގޮތެއް ނޭންގޭނެ: ހީނާ

ޕީޕީއެމް ދޫކޮށް ވަޑައިގަންނަވާ ބޭފުޅުންނަށް ޕާޓީ ހިނގަމުންދާގޮތެއް ނޭންގޭނެކަމަށް ޕީޕީއެމް މަޖިލިސް އިންތިހާބުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިފަދައިން ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ޕީޕީއެމް ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ސަރުކާރު ހިންގާ ޕާޓީއާައި ބެހޭގޮތުން ޗެނަލް 13 މެދުވެރިކޮށް ދައްކަވަމުން ގެންދަވާ ވާހަކަފުޅަށް ރައްދުދެއްވާ ހީނާ ވިދާޅުވީ، ޕާޓީ ދޫކޮށް ވަޑައިގަންނަވައި ދުރުގަ ހުންނަވާ ބޭފުޅުންނަށް މިހާރު ޕާޓީގެ ހިންގުމުގެ ކަންކަން އެނގިވަޑައިނުގަންނަވާނެކަމަށެވެ.

އެގޮތުން، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީޕީއެމްގެ އެންމެ ކެންޑިޑޭޓެއްވެސް ނެރިފައިނުވާކަމަށާއި ޕީޕީއެމްގެ ކުލަ، މާލޭގެ މަގުތަކުން ނުފެންނަކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެފައިވެއެވެ. އެގޮތުން، ރައީސް ޔާމީންގެ މި ވާހަކަފުޅުތަކަށް ރައްދުދެއްވަމުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ، މަޖިލިސް އިންތިހާބަށް ސަރުކާރު ހިންގާ ކޯލިޝަންގެ ކެންޑިޑޭޓުން ނެރޭނެ ޕާޓީ ކަނޑައެލީ ޕީޕީއެމް އަދި ޕީއެންސީގެ ލީޑާޝިޕުން އެކަމާ މަޝްވަރާކޮށްގެންކަމަށެވެ.

ޕީއެންސީގެ މަސައްކަތްތައް ކުރިއަށް ދާ ގޮތް އެނގިވަޑައިގަންނަވާނީ އަޅުގަނޑުމެންނަށް. ދުރުގައި ތިއްބަވާ ބޭފުޅުންނަކަށް މަސައްކަތްތައް ކުރިއަށް ދާ ގޮތެއް އެނގިވަޑައެއް ނުގަންނަވާނެ
ހީނާ ވިދާޅުވިއެވެ.

މިމަހު 21 ގައި ބާއްވަން ނިންމާފައިވާ ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ބެހޭގޮތުން ވާހަކަފުޅުދައްވަމުން ހީނާ ވިދާޅުވީ، ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕުން ތާއީދުކުރާ ކެންޑިޑޭޓުން ނިންމަނި ޕާޓީގެ ލީޑާޝިޕާއި ރައްޔިތުންގެ މަޝްވަރާއަށް ބަރޯސާވެގެންކަމަށެވެ. އަދި ޕީއެންސީގެ ނަމުގައި އެ ޕާޓީގެ ލޯގޯ ބޭނުން ކުރަމުން އަންނަ ކަމުގެ އެއްވެސް ޝަކުވާއެއް ޕާޓީއާ ހަމައަށް އައިސްފައިނުވާކަމަށް މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ