އެ ވުޒާރާ އިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މި މަޝްވަރާ ބައްދަލުވުން ބާއްވާފައިވާ ކަމަށާއި، ފިނޭންސް މިނިސްޓްރީއާ ސައުދީ ފަންޑް ފޯ ޑިވަލޮޕްމަންޓްއާ ދެމެދު މި މަޝްރޫއުގެ ފިނޭންސް އެގްރީމަންޓްގައި ސޮއިކޮށްފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 400 ހައުސިން ޔުނިޓް ޑިޒައިންކޮށް ސުޕަވައިޒް ކޮށްދޭނެ ކޮންސަލްޓަންސީ ފާމެއް ހޯދުމަށް އިއުލާންކޮށްފައެވެ.
ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.
ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި 65000 އަށްވުރެ ގިނަ ރައްޔިތުންނަށް ބޯޙިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ރަސްމާލެ މަޝްރޫއު މިހާރު ވަނީ ފައްޓަވާފައެވެ. މި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ޑިސެމްބަރު ފަށާފައިވާއިރު، މި ޕްރޮޖެކްޓްގެދަށުން 1153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.