Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލެ ސިޓީ ކައުންސިލް

ސަލްޓަން ޕާކުގައި ހަރުކޮށްފައި ހުރި ބޯޑުތަކަށް ގެއްލުންދީފި

ސަލްޓަން ޕާކުގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައި ހުރި ބޯޑުތަކަށް ބަޔަކު ގެއްލުންދީފިއެވެ.

މާލޭ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސަލްޓަން ޕާކުގައި ހަރުކޮށްފައި ހުރި ބޯޑުތަކަށް ބަޔަކު ރޭގެ ވަގުތެއްގައި ގެއްލުންދީފައިވާ ކަމަށާއި އެކަން ކުރި ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

ސިޓީ ކައުންސިލުން ވަނީ ސަލްޓަން ޕާކުގައި ބަހައްޓާފައި ހުރި ބޯޑުތަކަށް ބަޔަކު ގެއްލުންދީފައިވާ ފޮޓޯވެސް ހިއްސާކޮށްފައެވެ. އެފޮޓޯތަކުން ފެންނަ ގޮތުގައި ކުޑަކުދިން ކުޅޭ ސަރަހައްދުގައި ކުދިންނަށް އިރުޝާދު ދިނުމުގެ ގޮތުން ހަރުކޮށްފައިވާ ބޯޑަކާއި، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހަރުކޮށްފައިވާ ބޯޑެއްވެސް ވަނީ ނައްޓާލާފައެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުންގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
މި ލިއުމާއި ގުޅޭ