ހަ ދާއިރާ އަކުން 50 ސްކޮލާޝިޕްގެ ފުރުސަތު މާލެ ސިޓީ ރައްޔިތުންނަށް އެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ މި ސްކޮލާޝިޕް ޕްރޮގްރާމްތަކުގެ މުއްދަތަކީ 12 މަހާއި 24 ހަފްތާ އާ ދެމެދު ކަމަށެވެ. އަދި މި ޕްރޮގްރާމްތައް ކުރިއަށް ގެންދާނީ މާލެ-ޕާކިސްތާނުގައި ކަމަށާއި ދަތުރު ހަރަދު، ހުރުން، ކެއުމުގެ އިތުރުން ކޯސް ފީ ދޭނެ ކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެއެވެ.
ސްކޮލާޝިޕަށް ހޮވުމުގައި އޯލެވެލްގެ ނަތީޖާ އާއި ޝޯޓްލިސްޓް ކުރެވޭ ފަރަތްތަކާއެކު ބޭއްވޭ އިންޓަވިޔުގެ މާކުސްއަށް ބަލާނެ ކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
މި ތަމްރީން ސްކޮލަޝިޕް ފުރުސަތަށް ހުށަހެޅުމުގެ ސުންގަޑި އަކީ 20 އޭޕްރީލް ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ. ޝައުގުވެރިވާ މީހުންގެ ތައުލީމީ ސެޓްފިކެޓު ނުވަތަ ލީވިން ސެޓްފިކެޓާއި އައިޑާ ކާޑު ކޮޕީ ހުށަހަޅަން ޖެހޭނެއެވެ.