Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލެ ސިޓީ ކައުންސިލް

މާލޭގެ މަގުމައްޗަށް ކުނި އަޅާ މީހުންގެ ފޮޓޯ އަދި ވީޑިއޯ ފޮނުވަން އެދިއްޖެ

މާލެ ސަރަހައްދުގައި ކުނި ގިނަވަމުންދާތީ، މާލޭގެ މަގުމައްޗަށް ކުނި އަޅާ މީހުންގެ ފޮޓޯ އަދި ވީޑިއޯ ފޮނުވާ ނިޒާމު ޤާއިމުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މާލޭ މަގުމަތީ ކުނި ބަހައްޓަމުންދާ މީހުން ފާހަގަކުރަމުންދާ ކަމަށާއި އެގޮތަށް ކުނި ބަހައްޓާ މީހުންގެ ފޮޓޯ އަދި ވީޑިއޯ 9341144 ނަންބަރަށް (ވައިބަރ/ވަޓްސްއެޕް) ކޮށްދިނުމަށް އެދޭ ކަމަށެވެ.

އަދި އެކައުންސިލުގެ ވެބްސައިޓު މެދުވެރިކޮށް ކުނި އަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ ފޮނުވޭނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މާލެ ސަރަހައްދުގައި ކުނީގެ މައްސަލަ މިހާރު ވަނީ ވަރަށް ބޮޑުވެފައެވެ. ޚާއްސަކޮށް ރަމަޟާން މަހާއި ދިމާކޮށް ގެތައް ސާފުކޮށް މަގުމައްޗަށް ނެރެފައިވާ ބާ ފަރުނީޗަރާއި އެހެނިހެން ސާމާނުތައް މަގުމަތީގައި ވަނީ ބަހައްޓާފައެވެ. އަދި މިފަދަ ކުނިތައް ސިޓީ ކައުންސިލުންވެސް ވަނީ ނަގާފައެވެ.

މާލޭގެ މަގުތައް ސާފުކުރުމަށް ފުލުހުންނާއި ވެމްކޯ ގުޅިގެން މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތުގައި މާލޭގެ އެކި ސަރަހައްދުގައި ބަހައްޓާފައި ހުރި ގިނަ ކުނިތައް ވަނީ ނަގާފައެވެ.

ސިޓީ ކައުންސިލުން ދަނީ މާލޭގެ މަގުތަކުގައި ގަވައިދާ ޚިލާފަށް ކުނި ބަހައްޓާ ފަރާތްތައް ހޯދައި ޖޫރިމަނާ ކުރަމުންނެވެ. އެގޮތުން ބުރާސްފަތި ދުވަހު މަގުމަތީގައި ކުނި ބެހެއްޓި 8 ފަރާތެއް ވަނީ ޖޫރިމަނާކޮށްފައެވެ.

މި ލިއުމާއި ގުޅޭ