Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލެ ސިޓީ ކައުންސިލް

މަގުމަތީގައި ކުނި ބަހައްޓައިގެން އިއްޔެ 8 މީހަކު ޖޫރިމަނާކޮށްފި

މާލޭގެ މަގުމަތީގައި ކުނި ބަހައްޓައިގެން އިއްޔެ 8 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މިކަން ހާމަކުރީ މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

މާލޭގެ މަގުތަކަށް ކުނި އެޅުން ގިނަވީ މި ރަމަޟާން މަހާ ދިމާކޮށެވެ. އެގޮތުން ހިނގާ ބިނގާވެ އުޅޭ މީހުންނަށް ދަތިވާ ގޮތަށް ދުވާރު މަތީގައި އާއި ގޯޅި ކަންމަތީގައި ވެސް ކުނިތައް ބަހައްޓަމުންދާ މައްސަލަ ވަނީ ބޮޑުވެފައެވެ.

ކުނި އެޅުން ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަމުން އަންނައިރު ވޭތުވެދިޔަ ދުވަސްތަކުގައި މަގުތަކަށް ކުނި އެޅި ގިނަ ބަޔަކު ވަނީ ޖޫރިމަނާކޮށްފައެވެ. އެގޮތުން މިދިޔަ ހަފުތާއެއްހައި ދުވަހު ވެސް ވިއްސަކަށް މީހުން ޖޫރިމަނާކުރިއެވެ.

މާލޭގެ މަގުމަތީގައި އާންމު ފަރާތްތަކަށް އުނދަގޫވާ ގޮތަށް ކުނި ބަހައްޓާ މީހުންގެ ފޮޓޯ އާއި ވީޑިއޯ ހިއްސާ ކުރުމަށް ވެސް މާލެ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
މި ލިއުމާއި ގުޅޭ