Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްތުވާތަކެތި

119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އެކަކުގެ މައްޗަށް ކުށް ސާބިތުވެއްޖެ

2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯގެ ޑްރަގްގެ މައްސަލައިގައި ދައުވާކޮށްފައިވާ ތިން މީހުންގެ ތެރެއިން އެކަކުގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ.

މާލޭގެ މަގުމަތިން ޓެކްސީއެއް ހުއްޓުވައި، އެ ޓެކްސީ އާއި އިތުރު ކާރަކާއި ސައިކަލެއްގައި ފޮރުވައިގެން ގެންގުޅުނު 119 ކިލޯގެ ޑްރަގުގެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ގދ. ހޯނޑެއްދޫ ތިން މީހުން ކަމަށްވާ އަލީ ޒުބައިރާއި އަހުމަދު ސުނައިނާއި އަހުމަދު މުޖާހިދުގެ މައްޗަށެވެ.

މި ތިން މީހުންގެ މައްޗަށްވެސް ކޮށްފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.

ފުލުހުން މި މައްސަލާގައި ބުނެފައިވަނީ މި މީހުން އެތެރެކުރިކަމަށް ތުހުމަތުވާ މަސްތުވާތަކެއްޗަކީ މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ ގދ.ހޯޑެއްދޫ، އަލޯރާ އަރުޝަދު ޚާލިދު އިސްވެހުރެ އެތެރެކުރި މަސްތުވާތަކެއްޗެވެ.

އިިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ އެތިން މީހުންގެ ތެރެއިން އަލީ ޒުބައިރުގެ މައްޗަށް ކުށް ސާބިތުވެފައިވާ ކަމަށް ހުކުމްކޮށްފައެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާ ކްރިމިނަލް ކޯޓުން ވަނީ އޭނާ 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ( އެއްލައްކަ) ރުފިޔާއިން ޖުރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ.

ޒުބައިރުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ އޭނާގެ ސައިކަލުގެ މަޑިދަށުން މަސްތުވާތަކެތި ފެނުނުއިރު އެތަނުގައި މުޖާހިދާއި ސުނައިނު ނެތުމުން އެތަކެއްޗާ އެމީހުންނާ ގުޅުވޭނެ ގޮތެއް ނެތުމާއެކު، މަސްތުވާތަކެތި ފެނުނު ކާރަކީ އޭނާގެ ކާރެއްކަމަށް ޒުބައިރު ބުނެފައިވާތީކަމަށް ހުކުމުގައި ބުނެފައިވެއެވެ.

މަސްތުވާތަކެތި ފެނުނު ކާރަކީ އޭނާގެ ކާރެއްކަމަށް ޒުބައިރު ބުނެފައިވީ ނަމަވެސް އެ ކާރުން މަސްތުވާތަކތި ހޯދައި އެ ކާރުގައި ތިބި މީހުން ހައްޔަރުކުރިއިރު އޭނާއާއެކު މުޖާހިދާއި ސުނައިނުވެސް ހައްޔަރުކޮށްފައިވެއެވެ.

ސުނައިނާ މުޖާހިދުގެ މައްޗަށް ކުށް ސާބިތުނުވީ އެކަށީގެންވާ މިންވަރަށް ހެކި ނެތުމުންކަމަށް ކުރިމަިނލް ކޯޓުގެ ހުކުމުގައި ބުނެފައިވާއިރު އެ ދެމީހުން މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ހިފައިގެން އުޅޭ މަންޒަރު ފެންނަ 7 ވީޑިއޯ ފުޓޭޖެއް ޝަރީޢަތުގެ މަރުހަލާގައި ފުލުހުން ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅާފައިވެއެވެ.

ފުޓޭޖުތަކަށް ކުރިމިނަލް ކޯޓުގެ ހުކުމުގައި ބުރަދަންދީފައިނުވަނީ އެ ފުޓޭޖުތަކުގެ ތެރެއިން ބައެއް ފުޓޭޖުތަކަކީ މީހަކު އަޅައިކިޔުމަށް އެކަށީގެންވާ މިންވަރަށްވުރެ ނުސާފު ފުޓޭޖުތަކެއްކަމަށްވާތީ ކަމުގައި އެ ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލާގައި ކޯލް ރެކޯޑްސްއާއި އިންޓެލިޖެންސް ރިޕޯޓު ހުށަހެޅި ނަމަވެސް ކޯލް ރެކޯޑްސް ތައްޔާރުކުރި މީހަކު ނޭނގޭކަމަށް ބުނެ ކޯލް ރެކޯޑުތަކަށް ކުރިމިނަލް ކޯޓުން ބުރަދަނެއް ނުދެއެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި އިންޓެލިޖެންސް ރިޕޯޓަކީ ކޯޓަށް ބަލައިގަނެވޭ ރިޕޯޓަކަށްނުވާތީ އެ ރިޕޯޓުވެސް ކޯޓުން ބަލައިގަނެފައިނުވެއެވެ.

މި މައްސަލާގައި ދައުވާކޮށްފައިވާ 3 މީހުންގެ ތެރެއިން ޒުބައިރާއި ސުނައިނަކީ މި މައްސަލާގައި ހިމެނޭ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ އަޑީގައި ހުރިކަމަށް ދައުލަތުން ތުހުމަތުކުރާ އަރުޝަދު ޚަލީލާއެކު އެހެން މައްސަލައެއްގައި ހައްޔަރުކޮށް ދައުވާކޮށްފައިވާ ދެ މީހުންނެވެ. އެ މައްސަލަ އެ މީހުންގެ މައްޗަށް ސާބިތުނުވިއެވެ.

119 ކިލޯގެ ޑުރަގުގެ މައްސަލާގައި މި 2 މީހުން ހައްޔަރުކުރީ އެމީހުންގެ މައްޗަށް ފުރަތަމަ އުފުލި ދައުވާ ސާބިތުނުވެގެން ސަލާމަތްވުމަށްފަހުއެވެ.

މި ލިއުމާއި ގުޅޭ