Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖުމްހޫރީ ޕާޓީ

ކޯލިޝަން ހެދުމުގެ ދައުވަތު ޕީޕީއެމް ހިމެނޭހެން ފަސް ފަރާތަކަށް ދޭން ގާސިމް ނިންމަވައިފި

މި އަހަރުގެ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ އެކު ކޯލިޝަން ހެދުމުގެ ދައުވަތު އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމް ހިމެނޭހެން ފަސް ފަރާތަކަށް ދޭން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމަވައިފި އެވެ.

ޖޭޕީން ބުނެފައިވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ނިންމަވާފައިވަނީ ފަސް ފަރާތަކަށް ކޯލިޝަން ހެދުމުގެ ދައުވަތު ދެއްވުމަށެވެ. އެގޮތުން މިއަދު ކޯލިޝަން ދައުވަތު ފޮނުވާފައިވާ ފަރާތްތަކަކީ:

  • - ޕީޕީއެމް/ޕީއެންސީ
  • - އެމްއެންޕީ
  • - އެމްއާރްއެމް
  • - ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު
  • - ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަށެވެ.

މި ފަރާތްތަކުގެ ތެރެއިން އެމްއާރްއެމް ފިޔަވައި އެހެން ހުރިހާ ފަރާތްތަކަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ފަރާތްތައް ކަން ފާހަގަ ކޮށްލެވެއެވެ.

އެގޮތުން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވާދަކުރައްވަން ނިންމަވާފައިވާއިރު، އެމްއެންޕީގެ ފަރާތުން އެޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް ވަނީ ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވައިފައެވެ.

މީގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވައިފައެވެ.

މިސަރުކާރުގެ ކޯލިޝަން ޕާޓުނަރެއްގެ ގޮތުގައި މިހާރުވެސް އޮތް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމާފައިވަނީ ދެވަނަ ދައުރަކަށް އެމްޑީޕީއަކާއެކު ކޯލިޝަން ނަހަދައި އެޕާޓީއިން ކެންޑިޑޭޓަކު ނެރުމަށެވެ.

މި ސަރުކާރާއެކު މިހާރު ކޯލިޝަންގައި ތިބި ޕާޓީތަކުގެ ތެރެއިން އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވަނީ ނިސްބަތުން މެމްބަރުން މަދު އަދާލަތު ޕާޓީއެވެ. އަދި ފާހަގަ ކޮށްލަން ޖެހޭކަމަކީ އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެމަނިކުފާނުގެ ތާއީދު ޖޭޕީގެ ކެންޑިޑޭޓަށް ދެއްވާފައި ކަމަށް ވިދާޅުވެފައެވެ.

ދައުވަތު ދީފައިވާ ޕާޓީތަކުގެ ތެރެއިން އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީން އެންމެ ކުރިއްސުރެވެސް ބުނަމުން އަންނަނީ އެއްވެސް ބަޔަކާ އެކު އެ ޕާޓީތަކުން ކޯލިޝަން ގަބޫލު ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

ނަމަވެސް އެޕާޓީ އިސްވެ އޮވެ ކޯލިޝަން ހަދަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

މި ލިއުމާއި ގުޅޭ