Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގެސްޓު ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ގޭމްގެ ނަން "ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓު ހައުސް އެސޯސިއޭޝަން" އަށް ބަދަލުކޮށްފި

ގެސްޓު ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ނަން "ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަން" އަށް ބަދަލުކޮށްފިއެވެ.

އިއްޔެ މާފުށީގައި ބޭއްވި އަހަރީ އާއްމު ޖަލްސާގައި ޖަމިއްޔާގެ މެގަޒިނެއް ނެރުމަށް "އޯޓޯ ކްރިއޭޓިވް" އާ އެކު އެއްބަސްވުމެއްގައި ވެސް ސޮއި ކޮށްފައިވާއިރު އެ ޖަމިއްޔާގެ ނަން ވެސް ވަނީ ބަދަލުކޮށްފައެވެ.

އެ ޖަމިއްޔާގެ ނަން ބަދަލުކުރީ ރާއްޖޭގައި މިހާރު ހުރި ހޮޓެލްތަކަށް އެ ޖަމިއްޔާގައި ބައިވެރިވުމުގެ ފުރުސަތު ދޭން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި 10 ކޮޓަރިއަށްވުރެ ގިނަ ތަންތަން ހޮޓެލްތަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ގޭމްގެ ރައީސް އަބްދުﷲ ނަޝީދު ވިދާޅުވިއެވެ.

"ޓޫރިޒަމް މިނިސްޓްރީން ނިންމާފައިވަނީ 10 ކޮޓަރިއަށް ވުރެ ގިނަ ތަންތަން ބުޓީކް ހޮޓެލްތަކަށް ބަދަލުކުރަން. މިހާރު ވެސް ރާއްޖޭގައި 14 ވަރަކަށް ހޮޓެލް އެބަހުރި. އެކަމަކު އެތަންތަނަށް ހާއްސަ ޖަމިއްޔާއެއް ނެތް. މި ގެނައި ބަދަލާއެކު ހުރިހާ ހޮޓެލްތަކަށް މި ޖަމިއްޔާގައި ބައިވެރިވެވޭނެ،" ގޭމްގެ ރައީސް ވިދާޅުވިއެވެ.

އެ ޖަމިއްޔާ ރީބްރޭންޑުކޮށް މަސައްކަތްތައް ވެސް ކުރިއަށް އޮތް އަހަރުތަކުގައި ފުޅާ ކުރާނެ ކަމަށާއި އެގޮތުން، ކޮންމެ އަހަރަކު ގެސްޓު ހައުސްތަކާއި ހޮޓަލްތަކަށް ހާއްސަ ކޮށްގެން ދެ މެގަޒިން ނެރޭނެ ކަމަށާއި ރާއްޖޭން ބޭރުގެ ފެއާތަކުގައި ބައިވެރިވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ