Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގެސްޓު ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިންޑިއާ ފަތުރުވެރިންނާއިމެދު ދެކޭގޮތް ބަދަލުކޮށް ތަފާތުކުރުން ނައްތައިލަން ގޭމުން ގޮވާލައިފި

ރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިންނާ މެދު ތަފާތުކުރުންތައް ނުގެންގުޅުމަށް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ގޮވާލައިފިއެވެ.

ގޭމްގެ ސެކްރެޓަރީ ޖެނެރަލް ސައުދުﷲ އަޙްމަދު ހަސަން (ސައުދު) އޮންލައިން ނޫސް "އަވަސް"އަށް ވިދާޅުވީ އިންޑިއާ ފަތުރުވެރިންނަށް ވީތީ އެމީހުންނަކީ ކަރަންޓީނު މީހުންކަމަށް ސިފަކުރުން ބަލައިނުގަނެވޭނެކަމަށާއި އެހެންދެކެވޭ ދެކުން ބަދަލުކުރަންޖެހޭކަމަށެވެ.

ސައުދު ވިދާޅުވީ އިންޑިއާ ފަތުރުވެރިން ރާއްޖެ އަންނަނީ އެހެނިހެން ޤައުމުތަކުގެ މީހުންނަށް ވެސް ހުއްދަ ލިބޭ ގޮތަށް ރާއްޖެ އެތެރެވުމަށް އޮންނަ ފުރުސަތުތަކުގެ ތެރެއިންކަމަށާއި އެ ފަތުރުވެރިންނާމެދުވާ ތަފާތުކުރުންތައް ނައްތައިލަންޖެހޭކަމަށެވެ.

ފާހަގަކުރެވޭގޮތުގައި އިންޑިއާގެ ގިނަ ފަތުރުވެރިންނާ އެކު ރާއްޖޭގެ ގެސްޓްހައުސްތައް މިހާރު ވަނީ ފުރާލާފައެވެ. ނަމަވެސް އިންޑިއާ އަކީ ކޮވިޑް އަދިވެސް ވަރަށް ބޮޑަށް ފެތުރެމުންދާ ޤައުމަކަށްވާއިރު އެޤައުމުގެ ފަތުރުވެރިން ރާއްޖެ އަންނާތީ ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މީގެއިތުރުން މެދު އިރުމައްޗަށް ދަތުރުކުރާ ގިނަ ބަޔަކު އެގައުމުތަކަށް ދިއުމުގެ ކުރިން ރާއްޖޭގައި ކަރަންޓީނު ވާން އާދެއެވެ. އެއީ މެދުއިރުމަތީގެ ކޮވިޑް ރެޑް ލިސްޓުގައި އިންޑިއާ ހިމެނޭތީ އެޤައުމުތަކަށް ސިދާ ދަތުރުކުރުމަށް ކުރިމަތިވެފައިވާ ހުރަސްތަކަކާ ގުޅިގެންނެވެ. މިފަހުން ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވި ދުވަސްވަރުވެސް އިންޑިއާގެ ފަތުރުވެރިން ރާއްޖޭގެ ގެސްޓް ހައުސްތައް ހުންނަ ރަށްރަށަށް ދަތުރުކުރުންވެސް މަނައެވެ.

މި ލިއުމާއި ގުޅޭ