Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ޕީޕީއެމްގެ ފިކުރު އޮންނާނީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ބައެއްގެ އަތްމަތީގައި: ޢަބްދުއްރަޙީމް

ޕީޕީއެމްގެ ފިކުރު އޮންނާނީ ގައުމާއި ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ބައެއްގެ އަތްމަތީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މުޝީރު އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަޙީމް މިހެން ވިދާޅުވީ ސޯޝަލްމީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ޕީޕީއެމްގެ ފިކުރަކީ ވަކި މީހެއްގެ މިލްކެއް ނޫން ކަމަށެވެ. އަދި އެއީ ގައުމިއްޔަތުގެ ފިކުރު ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
އެހެންކަމުން އަބަދުވެސް އެ ފިކުރު އޮންނާނީ ގައުމާއި ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ބައެއްގެ އަތްމަތީގައި ކަމަށާއި މިއަދު އެ ފިކުރު އޮތީ ޕީޕީއެމް/ޕީއެންސީގައި ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް މިހެން ވިދާޅުވެފައި މިވަނީ ޕީޕީއެމްގެ ފިކުރު ތަޣައްޔަރު ކުރަން ބަޔަކު ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެކަން ނުކުރެވޭނެ ކަމަށް ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވާތީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުން ކަމަށް ބެލެވެއެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ޕީޕީއެމްގެ ލީޑަރު ކަމުގައި ވަކި ބޭފުޅަކު ނުހުންނަވައިފިނަމަ އެ ޕާޓީ ނުވަތަ އެ ފިކުރު ނެތިގެން ހިނގައިދާނެއެވެ.
މި ލިއުމާއި ގުޅޭ