Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނައިބުރައީ ހުސައިން މުހައްމަދު ލަތީފު

ރައީސްގެ މެނިފެސްޓޯ ތަންފީޒުކުރުމަށް މަޖިލިސް އިންތިޚާބު ވަރަށް މުހިންމު: ނައިބް ރައީސް

ރައީސް ޑރ،. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ސަރުކާރަށް ވަރަށް މުހިންމު ކަމަށް ނައިބު ރައީސް އަލްއުސްތާޛް ޙުސައިން މުހައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބް ރައީސް މިފަދައިން ވިދާޅުވީ، ރޭ ޕީއެންސީން ބޭއްވި ޚާއްސަ ހަފްލާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ނައިބް ރައީސް ވިދާޅުވީ، ރައީސް ތައްޔާރުކޮށްފައިވާ މެނިފެސްޓޯއަކީ ރައްޔިތުންގެ އަޑު އައްސަވައިގެން ތައްޔާރުކޮށްފައިވާ މެނިފެސްޓޯއެއް ކަމަށާއި، އެ މެނިފެސްޓޯގައި ރައްޔިތުންނާއި ގުޅުންހުރި މުހިންމު މަޝްރޫޢުތައް ހިމެނޭކަމަށެވެ.

އެގޮތުން އެ މެނިފެސްޓޯގައިވާ ކަންތައްތައް ތަންފީޒުކުރުމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބަކީ ސަރުކާރަށް ވަރަށް މުހިންމު އިންތިޚާބެއް ކަމަށް ނައިބް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒުއަކީ ޚިދުމަތްތަކާއިގެން ހެޔޮ ނިޔަތުގައި ވެރިކަމަށް ވަޑައިގަތް ވެރިއެއްކަން ފާހަގަކުރައްވަމުން ނައިބް ރައީސް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ކަންކަން އެމަނިކުފާނު ހާސިލްކޮށްދެއްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބް ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 21 ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި ޕީއެންސީގެ ފަރާތުން 89 ކެނޑިޑޭޓަކު ވާދަކުރެއެވެ.

މި ލިއުމާއި ގުޅޭ