މާލެ ސަރަހައްދަށް އިތުރަށް ހޫނުވެ، އިހުސާސްކުރެވޭ ފިނިހޫނުމިން 44.3 ޑިގްރީ ސެލްސިއަސްއަށް އަރައިފިއެވެ.
މެޓް އޮފީހުގެ އެނެމް ފަހުގެ މައުލޫމާތުގައިވާ ގޮތުން މިއަދުގެ 14:00 ގައި މާލޭގެ ހޫނުމިން ހުރީ 33.0 ޑިގްރީ ސެލްސިއަސްގައެވެ. އެހެން ނަމަވެސް އިހުސާސް ކުރެވޭ ހޫނުމިން ހުރީ 44.3 ޑިގްރީ ސެލްސިއަސް ގައި ކަމަށްވެސް މެޓުން ވަނީ ބުނެފައެވެ.
އެގޮތުން ހަނިމާދޫއަށް ހޫނުމިން ހުރީ 33 ގައެވެ. އެހެން ނަމަވެސް އިހުސާސްކުރެވޭ ހޫނުމިން ހުރީ 41.4 ގައެވެ. އަދި ކައްދޫއަށް ހޫނުމިން 30.6 ގައި ހުރި އިރު، އިހުސާސްކުރެވޭ ހޫނުމިން ހުރީ 49.1 ގައި ކަމަށް މެޓުގެ އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތުގައި ވެއެވެ.