މާލޭގައި ސްޓޯމްވޯޓާ މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ދިވެހި ސަރުކާރުން ވޯލްޑް ބޭންކްގެ އެހީގައި ހިންގަމުންދާ މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރިސިލިއަންސް ޕްރޮޖެކްޓްގެ ދަށުން މާލޭގައި ސޯމްވޯޓާ މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ބީލަމުގައި ބައިވެރިވުމަށް 1،500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. ފައިސާ ބަލައިގަންނާނީ މެއި ދެ ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް އަދި ރޯދަ މަހު ހެނދުނު 9:30 އިން މެންދުރުފަހު 1:00 އަށް ކަމަށް އެއިުލާނުގައިވެއެވެ.
މާލޭގައި ސްޓޯމްވޯޓާ މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސުން އިއުލާނުކޮށްފައިވާއިރު ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުން އެކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް އެކަމުގެ އުނދަގޫ ކުރިމަތިވެއެވެ.