Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އީވާގެ އިތުބާރުނެތްކަމުގެ މައްސަލަ އާދީއްތަ ދުވަހަށް އެޖެންޑާ ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލަ އަންނަ އާދީއްތަ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކުރަން ނިންމައިފިއެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، އީވާގެ އިތުބާރު ނެތް މައްސަލަ އަންނަ އާދީއްތަ ދުވަހު ބާއްވާ ޖަލްސާއަށް އެޖެންޑާކުރުމަށް ނިންމާފައިވާ ކަމަށެވެ.

"އީވާގެ އިތުބާރުނެތް މައްސަލަ އެޖެންޑާ ކުރާ ވާހަކަ އަންގާފައިވާނީ މެންބަރުންނަށްވެސް އީވާއަށްވެސް."
ޒިޔާއު

މަޖިލީހުގެ އަމީންއާންމު ވަނީ މަޖިލީހުގެ މެންބަރުންނަށް އެކަން ސިޓީއަކުން އަންގާފައެވެ.

އެ ސިޓީގައި ބުނާގޮތުން، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާ އަށް އެ ގަރާރު ހުށަހަޅަންވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އެ މާއްދާ އާއި އެއްގޮތަށް ޑިސެމްބަރު 3 ވަނަ ދުވަހު ބާއްވާ ޖަލްސާ އަށް އީވާ ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކުރާނެ ކަމަށް އަމީންއާންމު ވަނީ ވިދާޅުވެފައިވެއެވެ. އަދި ކޮންމެ މެންބަރަކަށް 3 މިނިޓަށް ވުރެ އިތުރު ނުވާނެ ގޮތުގެ މަތިން 1 ފުރުސަތު ދިނުމަށް މަޖިލީހުގެ އާއްމު ކޮމިޓީން ވަނީ ކަނޑައަޅާފައެވެ.

އީވާގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހެޅުނީ 50 މެންބަރެއްގެ ސޮޔާއެކުގައެވެ.

އީވާގެ އިތުބާރު ނެތްކަމަށް މިދިޔަ ޖޫންމަހު 7 ވަނަ ދުވަހުވެސް ހުށަހެޅުނެވެ. އެހެންނަމަވެސް ރިޔާސީ އިންތިހާބާއި ގުޅިގެން އެމައްސަލަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ އަނބުރާ ގެންގޮސްފައެވެ.

އޭގެ ފަހުން އިވާގެ އިތުބާރުނެތް މައްސަލަ އަނެއްކާވެސް މަޖިލީހަށް ވެއްދީ މިމަހު 13 ވަނަ ދުވަހުގައެވެ.
މި ލިއުމާއި ގުޅޭ