Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުޅުމާލެ

ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ

ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިގެން އުޅޭކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުން މައުލޫމާތު ދީފިއެވެ.

ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި ކަރަންޓު ކެނޑިގެން އުޅެނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސަރަހައްދަކުންނެވެ. ކަރަންޓު ކެނޑިގެން އުޅޭ ސަރައްދުގައި ހުރި ފުލެޓު ތަކަކީ، ފުލެޓު ނަންބަރު 139،140،144،145 އެވެ.

ސްޓެލްކޯއިން މައުލޫމާތު ދީފައިވާ ގޮތުން ކަރަންޓު ކެނޑެން ދިމާވި ސަބަބަކީ، ކަރަންޓު ދިނުމުގައި ދިމާވި ޓެކްނިކަލް މައްސަލައެކެވެ. އަދި އެކަމަށް އެޅޭނެ އެންމެ އެކަށޭނެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ކުރިޔަށް ދަމުން ދާކަމަށާއި، ވީހާވެސް އަވަހަކަށް ދިމާވެގެން އުޅޭ މައްސަލަ ދެނެގަނެ ކަރަންޓު ކެނޑިގެން އުޅޭ ސަރަހައްދުތަކަށް ކަރަންޓު ފޯރުކޮށދޭނެކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

މީގެ ކުރިންވެސް އެތައް ފަހަރެއްގެމަތިން މާލެ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުންވަނީ ކަރަންޓު ކެނޑިފައެވެ. ގިނަފަހަރު ކަރަންޓު ކެނޑެން ދިމާވާ މައިގަނޑު މައްސަލައަކީ ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންވާ ކޭބަލަކަށް ގެއްލުމެއް ދިމާވުމެވެ.

މި ލިއުމާއި ގުޅޭ