ހައިހޫނުކަން ބަލާ އިންޑެކްސްގައި ޕާކިސްތާނާއި ބަންގުލަދޭޝަށްވުރެ ފުލުގައި އޮތީ އިންޑިޔާ

އައިޝަތު ހަނާ 16 އޮކްޓޯބަރު 2020 18:34
Flowers
އިންޑިޔާއަކީ ދުނިޔޭގައި ހައިހޫނުކަން އެންމެ މަތި އެއް ޤައުމު / ފޮޓޯ: އޭޕީ

ދުނިޔޭގެ ޤައުމުތަކުގައި ހައިހޫނުކަން އިހުސާސުކުރާ އާބާދީ އޮންނަ މިންވަރު ބަލާ ގްލޯބަލް ހަންގާ އިންޑެކްސްގައި ޕާކިސްތާނާއި ބަންގުލަދޭޝަށްވުރެ ފުލުގައި އިންޑިޔާ ހިމެނިއްޖެއެވެ. 

މި އިންޑެކްސްގައި 2019 ވަނަ އަހަރު އިންޑިޔާ އޮތީ 107 ޤައުމުގެ ތެރެއިން 102 ވަނައިގައެވެ. މި އަހަރު އިންޑިޔާވަނީ އެއަށްވުރެ މައްޗަށް ޖެހިލައި 94 ވަނައަށް އަރާފައެވެ. ނަމަވެސް ޕާކިސްތާނު އޮތީ 88 ވަނައިގައި އިންޑިޔާއަށްވުރެ ކުރީގައެވެ. އަދި ބަންގުލަދޭޝް އިތީ 75 ވަނައިގައި އިންޑިޔާއާއި ޕާކިސްތާނަށްވުރެ ކުރީގައެވެ. 

މި އިންޑެކްސްއަކީ ދުނިޔޭގެ ޤައުމުތަކުގައި ހައިހޫނުކަމާއި، ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން އަނަރޫފަކަން ފެތުރިފައިވާ މިންވަރު މިންކުރުމަށް ބޭނުންކުރާ އިންޑެކްސްއެކެވެ. މި އިންޑެކްސްގެ ހިސާބުތައް އާންމުކުރީ ހުކުރުދުވަހުއެވެ. 132 ޤައުމަކުން މައުލޫމާތު އެއްކޮށް މިންކޮށްފައިވީނަމަވެސް އިންޑެކްސްގައި މި އަހަރު ހިމަނާފައިވަނީ 107 ޤައުމެވެ. 

މި އިންޑެކްސްގައި މިންކޮށްފައިވާ 107 ޤައުމުގެ ތެރެއިން އިންޑިޔާއަށް ލިބިފައިވާ ޖުމްލަ ނުކުތާއަކީ 27.2 ނުކުތާއެވެ. އެއާއެކު މި ލިސްޓުގައި ހައިހޫނުކަން ސީރިއަސް ޤައުމުތަކުގެ ތެރޭގައި އިންޑިޔާވަނީ ހިމެނިފައެވެ. އަދި މި ރިޕޯޓަށް ބަލާއިރު އިންޑިޔާގެ އާބާދީގެ %14 މީހުން ހިމެނެނީ ރަނގަޅު ކާނާ ނުލިބި އަނަރޫފަވެފައިވާ މީހުންގެ ތެރޭގައެވެ. 

ކުޑަކުދިންގެ ހައިހޫނުކަމަށް ބަލާއިރު ދުނިޔޭގައިވެސް އެންމެ ދަށުގައި އުޅެނީ އިންޑިޔާއެވެ. ކުޑަކުދިންގެ އިސްކޮޅާއި ބަރުދަނަށް ބަލާއިރު 17.3 އިންސައްތަ ކުދިންނަކީ އެ ކުދިންގެ އިސްކޮޅާ ބަލާއިރު ބަރުދަން ލުއި ކުދިންނެވެ. މިއީ މިދިޔަ އަހަރަށްވުރެ ރަނގަޅު ނިސްބަތެކެވެ. ފާއިތުވި އަހަރު އެ ނިސްބަތް ހުރީ 20.8 އިންސައްތައިގައެވެ. 

އަދި އުމުރާ އަޅާބަލާއިރު އިސްކޮޅުން ކުރު ކުދިންގެ އާބާދީއަށް ބަލާއިރު އިންޑިޔާ ކުދިންގެ 37.4 އިންސައްތައަކީ އުމުރާ އެކަށީގެންނުވާ މިންވަރަށް އިސްކޮޅުން ކުރު ކުދިންނެވެ. ވިހެއުމުގެ ތެރޭގައާއި ޅަފަތުގައި މަރުވާ ކުދިންގެ އަދަދުވެސް އިންޑިޔާގައި އުޅެނީ އެހެން ޤައުމުތަކަށްވުރެ މަތީގައެވެ. 

ކިޔުންތެރިންގެ ހިޔާލު
އިންޑިއާ އައުޓް
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
ވަންޏާ
އިންޑިއާ އައުޓް