އިންޑިއާއިން ކަޝްމީރުގައި 50،000 ފައްޅި އަޅަނީ

މަރިޔަމް ލީނާ 26 ސެޕްޓެމްބަރު 2019 14:52
Flowers
އިންޑިއާގެ ބޮޑުވަޒީރު މޯދީ ފައްޅިއެއްގައި

އިންޑިއާ ސަރުކާރުން ކަޝްމީރުގައި 50،000 ފައްޅި އެޅުމާއި މެދު ވިސްނަމުންދާ ކަމަށް ބުނެފިއެވެ.

އިންޑިއާގެ ސަރުކާރުން ބުނެފއިވާ ގޮތުގައި ފާއިތުވި އަހަރުތަކުގައި 50،000 ފައްޅި ކަޝްމީރުގައި ވަނީ ބަންދުކޮށްފައެވެ. އަދި އެތަންތަން ސާވޭކޮށް އަލުން ހުޅުުވުވުމަށް ވިސްނަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 

ކަޝްމީރުގެ އާބާދީގެ ބޮޑު ބަޔަކީ މުސްލިމުންނެވެ. އަދީ މީގެ އެތައް އަހަރެއް ކުރިންވެސް އެތަނަކީ މުސްލިމުން އުޅެމުން އައިތަނަކަށް ވެފައި އެތަނުގައި އެހާ ބައިވަރު ފައްޅި ހުރެދާނެކަމާއި މެދު ގިނަ ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ. 

ކަޝްމީރުގައި މިހާރުވެސް ކޮންމެވެސް ވަރަކަށް ފައްޅި ހުރެއެވެ. މިގޮތުން ހިންދޫންގެ ބޮޑު ފައްޅިއަކަށް ގިނަ އަދަދެއްގެ ހިންދޫން މިހާރުވެސް ޒިޔާރަތް ކުރެއެވެ. 

ދާދި ފަހުން އިންޑިއާއިން ވަނީ އެ ޤައުމުގެ ޤާނޫނު އަސާސީން ކަޝްމީރަށް ލިބިދޭ ދާހިލީ މިނިވަންކަން ނިގުޅައިގަނެފައެވެ. އަދި އެއަށްފަހު އިންޑިއާ ސިފައިން ވަނީ ކަޝްމީރުގެ 4000 މީހުން ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ޒުވާން ފިރިހެން ކުދިން ހިމެނެއެވެ. އަދި ކަޝްމީރުގައި ހިންދޫން އާބާދު ކުރުމުގެ ވިސްނުމެއްވެސް އިންޑިއާއިން ގެންގުޅޭކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާ ސަރުކާރުން ކަޝްމީރާއި ދޭތެރޭ މިއެޅި ފިޔަވަޅާއި މެދު ތާއީދު ކުރި މަދު ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ. 

ކިޔުންތެރިންގެ ހިޔާލު