Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

މެލޭޝިޔާއާއި ތުރުކީ އަދި ޕާކިސްތާނު ގުޅިގެން އިސްލާމީ ޗެނަލެއް

އިސްލާމްދީނުގެ އަލި ޞޫރަ ދައްކުވައިދިނުމަށްޓަކައި މެލޭޝިޔާއާއި ތުރުކީއާއި ޕާކިސްތާނު ގުޅިގެން މުޅިން އައު ޓީވީ ޗެނަލެއް އުފެއްދުމަށް ނިންމައިފިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާނު ޚާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނާ ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާނާއި މެލޭޝިޔާގެ ބޮޑުވަޒީރު މަހާތިރު މުޙައްމަދު ބައްދަލުކުރައްވައި، ތިން ޤައުމު ގުޅިގެން އިނގެރޭސި ބަހުން އިސްލާމްދީނުގެ މަޢުލޫމާތު ގެނެސްދޭ ޗެނަލެއް ޤާއިމުކުރުމަށް ނިންމާފައިވާ ކަމުގައެވެ. އަދި އިތުރަށް އޭނާ ލިޔުއްވާފައިވަނީ މިޗެނަލުގެ ބޭނުމަކީ އިސްލާމްދީނާ މެދު ނަފުރަތާއި ރުޅިވެރިކަން އުފެއްދުމާ ކުރިމަތިލުން ކަމުގައެވެ.
ހަމައެއާއެކު، އޭނާ ވިދާޅުވެފައިވަނީ މިޗެނަލުގެ ބޭނުމަކަށްވާނީ އިސްލާމްދީނުގެ އަލި ޞޫރަ ތިލަކޮށްދީ، އިސްލާމްދީނާ ދެކޮޅަށް މީހުން އެއްތަންކުރުވަނިވި އޮޅުންތައް ފިލުވައިދީ އިސްލާމީ ތާރީޚު ބުނެދީ މީހުންނަށް އުގަންނައިދީ ބުނެދިނުމަށް ފިލްމާއި ސީރީޒްތައް އުފެއްދުން ކަމުގައެވެ. އަދި އެފަދައިން މުސްލިމުންނަށް ޚާއްޞަ މީޑިޔާއެއް އޮތުމަކީވެސް މިޓީވީ ޗެނަލުގެ ބޭނުމެއް ކަމުގައި ޢިމްރާން ޚާން ފާހަގަކުރެއްވިއެވެ.
މި ލިއުމާއި ގުޅޭ