Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

އިނގިރޭސިވިލާތުގައި އެއްދުވަސް ތެރޭ 6000 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އިނގިރޭސިވިލާތުގައި އެއްދުވަސް ތެރޭ 6000 މީހުން ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
މިގޮތުން މިއަދު ޖުމްލަ 6178 މީހުން އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް އިނގިރޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. އަދި އޭގެ ކުރީ ދުވަހު ޕޮޒިޓިވް ވީ 4926 މީހުންނެވެ. އިނގިރޭސިވިލާތުގައި ކޮވިޑު-19 ފެތުރުން ކޮންޓްރޯލް ވެފައި އޮތުމަށްފަހު މިހާރު ވަނީ ކޮވިޑު-19 ގެ ދެވަނަ ރާޅެއް އަރާފައެވެ.
އަދި އޭގެ ސަބަބުން އެ ޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ ކޮވިޑު-19 ފެތުރުން ހުއްޓުވަން އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމިކަން އިއުލާންކޮށްފައެވެ.
އެއްދުވަހަށްވުރެ އަނެއްދުވަހު ޕޮޒިޓިވް ވާ އަދަދު ދެގުނަ ވަމުން ދާއިރު ބޮރިސް ޖޯންސަން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ އަނެއްކާވެސް އެ ޤައުމުގެ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ހިދުމަތް ފޯރުކޮށް ނުދެވޭވަރަށް ބާރުބޮޑުވެ ގިނަ ބަޔަކު މަރުވެދާނެ ކަމުގެ އިންޒާރު ދީފައެވެ.
މި ލިއުމާއި ގުޅޭ