Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ތައިލޭންޑުގެ ސަރުކާރާއި ދެކޮޅަށް އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި

ތައިލޭންޑުގެ ވެރިރަށް ބެންކޮކްގައި އެތައް ހާސް ބަޔަކު އެ ޤައުމުގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާކޮށްފިއެވެ.
މުޒާހަރާގެ ބައިވެރިން ގޮވާލަމުންދަނީ އެ ޤައުމުގެ ސިޔާސީ ނިޒާމު އިސްލާހުކުރުމަށެވެ. އެ ޤައުމުގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިއަދު ކުރިއަށް ދިޔަ މުޒާހަރާތަކުގައި 15،000 މީހުން ބައިވެރިވިއެވެ. އަދި މިއީ ފަހުގެ ތާރީހެއްގައި އެ ޤައުމުގައި ބޭއްވުނު އެންމެ ބޮޑު މުޒާހަރާކަމަށްވެއެވެ. މުޒާހަރާގައި އެއްވެސް ހަމަނުޖެހުމަށް ހިނގާފައިނުވެއެވެ.
ޖުލައި މަހުން ފެށިގެން ތައިލޭންޑުގެ ބޮޑުވަޒީރު ޕްރަޔުތު ޗަނޯޗާ އާއި ދެކޮޅަށް މުޒާހަރާތަށް ދަނީ ކުރަމުންނެވެ. އޭނާ އެ މަޤާމަށް އައީ 2014 ވަނަ އަހަރު ކުރި ބަޣާވާތަކުންނެވެ. އަދި 2019 ވަނަ އަހަރު ބޭއްވި އިންތިހާބެއްގައި ވާދަކޮށް އޭނާ ވަނީ އެމަޤާމު އިތުރަށް ކަށަވަރުކޮށްފައެވެ.
މުޒާހަރާ ކުރާ މީހުން މިހާރު ތިބީ އެ ޤައުމުގެ ރަސްމީ ހަފްލާތައް ބާއްވާ ބޮޑު ޕާކެއްގައި އެއްވެގެންނެވެ. އަދި އެތާ ރޭ ކުރުމަށްފަހު އާދީއްތަ ދުވަހު ހެނދުނު ބޮޑުވަޒީރުގެ އޮފީހަށް ދާނެ ކަމަށް ވަނީ ބުނެފައެވެ.
މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ޕަނުޕޮން މައިކް ޖަޑްނޮކް ވަނީ، ރައްޔިތުންގެ މުހިންމުކަން މަޤާމުތަކުގައި ތިބި މީހުންނަށް ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނެފައެވެ.
މި ލިއުމާއި ގުޅޭ