ޖަޕާނުގެ ބޮޑުވަޒީރު ކަމާއި ރަސްމީކޮށް ޔޮޝިހިޑެ ސުގާ ހަވާލުވެވަޑައިގެންފި

އިބްރާހިމް އާދަމް 16 ސެޕްޓެމްބަރު 2020 12:08
Flowers
ޖަޕާނުގެ އާ ބޮޑުވަޒީރު ސުގާ

ޖަޕާނުގެ ބޮޑުވަޒީރު ކަމާއި ރަސްމީކޮށް ޔޮޝިހިޑެ ސުގާ ހަވާލުވެވަޑައިގެންފިއެވެ. 

އޭނާ އެ މަޤާމަށް ހޮވަން ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ދެ ގެއިންވެސް ވަނީ ރުހުން ދީފައެވެ. ސުގާ އެ މަޤާމަށް ވަޑައިގެންނެވީ ވެރިކަން ކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރުކަމަށް ސުގާ ހޮވިވަޑައިގަތުމުގެ ސަބަބުންނެވެ. 

71 އަހަރުގެ ސުގާ ފާއިތުވި 8 އަހަރު ހުންނެވީ ކެބިނެޓު ސެކެޓްރީގެ މަޤާމުގައެވެ. ޖަޕާނުން އާ ބޮޑުވަޒީރަކު ހޮވަން ޖެހުނީ އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ބަލިހާލަތުގެ ސަބަބުން މަޤާމުން އެއްފަރާތްވެވަޑައިގަންނަވަން ޖެހުމުންނެވެ.

ސުގާ ގެ ކެބިނެޓު މިހާރު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ދާއިރު ޝިންޒޯ އަބޭގެ ކެބިނެޓުގެ ވަޒީރުން ސުގާގެ ކެބިނެޓުގައިވެސް ތިއްބަވާނެ ކަމަށް ލަފާކުރެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު