Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

އިސްރާއީލުގައި ހުންނަ ސާބިއާ އެމްބަސީ ޤުދުސަށް ބަދަލުކުރާނެ: ނަތަންޔާހޫ

އިސްރާއީލުގައި ހުންނަ ސާބިއާގެ އެމްބަސީ ޤުދުސަށް ބަދަލުކުރާނެ ކަމުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ. އެމެރިކާއަށް ފަހުގައި އެމްބަސީ ޤުދުސަށް ބަދަލުކުރާ ފުރަތަމަ ޤައުމަކަށްވާނީ ސާބިއާއެވެ.
އަދި ޔޫރަޕުގެ ޤައުމުތަކުގެ ތެރެއިން ޤުދުސަށް އެމްބަސީ ފުރަތަމަ ބަދަލުކުރާ ޤައުމަކީވެސް ސާބިއާއެވެ.
ޤުދުސާ ގުޅިގެން އިސްރާއީލާ ފަލަސްޠީނުގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުމުގެ ސަބަބުން މިހާތަނަށް ގިނަ ޤައުމުތައް ވަކި އަތަކަށް ނުޖެހުމަށްޓަކައި އިސްރާއީލުގައި ހުންނަ އެ ޤައުމުތަކުގެ ސަފާރާތައް ބަހައްޓާފައި ހުންނަނީ ތަލް އަވީވުގައެވެ.
އެހެންނަމަވެސް 2017 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕުވަނީ ޤުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމުގައި ބަލައި، ޤުދުސަށް އިސްރާއީލުގައި ހުންނަ އެމެރިކާ ސަފާރާ ބައްދަލުކުރާނެ ކަން އިއުލާނުކުރައްވާފައެވެ.
ހުކުރުދުވަހު ނަތަންޔާހޫވަނީ ސާބިއާގެ ސަފާރާ ޤުދުސަށް ބަދަލުކުރަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ. ސަފާރާ ޤުދުސަށް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ ޖުލައި މަހުގައި ކަމަށްވެސް އޭނާ ބުންޏެވެ.
ނަތަންޔާހޫ ބުނެފައިވަނީ ސާބިއާގެ ސަފާރާ ޤުދުސަށް ބަދަލުކޮށް ޤުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމުގައި ހަމަޖެއްސުމަށް އެ ޤައުމުން ނިންމުމުން ސާބިއާގެ ރައީސަށް ޝުކުރު އަދާކުރާ ކަމުގައެވެ. އަދި އޭނާގެ އެކުވެރިޔާ އެމެރިކާގެ ރައީސް ޑޮނާލްޑު ޓުރަމްޕަށްވެސް ނަތަންޔާހޫވަނީ ޝުކުރު އަދާކޮށްފައެވެ.
މި ލިއުމާއި ގުޅޭ