Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

މެޑިޓޭރިއަން ކަނޑުގައި ތުރުކީގެ ޢަސްކަރީ ހަރަކާތްތަކެއް ބާއްވަނީ

ތުރުކީން ހޮނިހިރު ދުވަހު މެޑިޓޭރިއަން ކަނޑުގައި އަސްކަރީ ހަރަކާތްތަކެއް ބާއްވަން ނިންމާފައިވާ ކަން އެޤައުމުން އިއުލާނުކޮށްފއެވެ. އަދި އެޤައުމުގެ މަސްލަހަތުތައް ހިމާޔަތްކުރުމުގެ ފަސްނުޖެހޭނެކަން އެންމެ ރަނގަޅަށް އެނގޭނީ ފަރަންސޭސިވިލާތާއި ގުރީސްއަށް ކަމުގައެވެ.
ކުރިއަށް އޮތް ދެހަފުތާގައި ތުރުކީން އިރުމަތީ ސައިޕްރަސް ސަރަހައްދުގައި އަސްކަރީ ތަމްރީނުތައް ހިންގާނެ ކަމުގައި އެޤައުމުންވަނީ ބުނެފައެވެ. މިފަދައިން އެޤައުމުން ބުނެފައިވާއިރު މެޑިޓޭރިއަން ކަނޑުގައި ހުރި ތެލާއި ގޭހާ ގުޅޭ ގޮތުން ތުރުކީއާއި ގުރީސްގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރުވެފައިވެއެވެ.
ތުރުކީގެ ދިފާޢީ ވުޒާރާއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މެޑިޓޭރިއަން ސީގައި ތިން ފަހަރެއްގެ މަތިން ހިންގާފައިވާ އަސްކަރީ ތަމްރީނުތަކުގެ އިތުރަށް، އިޓަލީއާ ގުޅިގެން ސައިޕްރަސްގެ ދެކުނުގައިވެސް އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމުގައެވެ.
ނޭޓޯގެ ދެ މެންބަރު ޤައުމުކަމުގައިވާ ތުރުކީއާއި ގުރީސްގެ މެދުގައި އޮތް ނުތަނަވަސްކަން އިތުރުވެފައިވަނީ އެދެޤައުމުން ފުށު އަރާ ދެ އެއްބަސްވުމެއް، އެޤައުމުތަކުގެ ކަނޑުގެ އިންތަކާ ގުޅޭ ގޮތުން ލީބިޔާއާއި މިޞްރާއެކު އެއްބަސްވުންތަކެއް ހެދުމުގެ ސަބަބުންނެވެ. ގުރީސްއާއި ތުރުކީގެ މެދުގައި އޮތް ނުތަނަވަސްކަން ބޮޑުވުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ ޚިޔާލު ތަފާތުވުން އޮތް ކަނޑުގެ ސަރަހައްދަށް ތުރުކީން ސާވޭ ބޯޓެއް ފޮނުވީމައެވެ.
މެޑިޓޭރިއަން ކަނޑުގައި ދެ ޤައުމުންވެސްވަނީ ޢަސްކަރީ ތަމްރީނުތައް ކުރިއަށް ގެންގޮސްފައެވެ. އެހިސާބުގައި ދެޤައުމުގެ މެދުގައި އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވާނެ ކަމުގައި ލަފާކުރެވެއެވެ.
މި ލިއުމާއި ގުޅޭ