Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

އެފުރިކާ ބައްރު ޕޯލިއޯއިން ސަލާމަތްވެއްޖެކަން އިއުލާނުކޮށްފި

އެފުރިކާއިން ޕޯލިއޯ ނައްތާލާފައިވާ ކަމުގައި އެބައްރުގެ މިނިވަން އިދާރާއެއް ކަމުގައިވާ އެފްރިކާ ރީޖަނަލް ސެޓިފިކޭޝަން ކޮމިޝަނުން ބުނެފިއެވެ.
ޕޯލިއޯއަކީ ޢާންމުކޮށް އުމުރުން ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށް ދިމާވާ ބައްޔެކެވެ. އަދި އެބަލީގެ ސަބަބުން ބައެއް ފަހަރު ދާއިމީ ގޮތެއްގައި ވާވެއެވެ. ނޭވާލުމަށް ބޭނުންކުރާ މަސްތަކަށް އަސަރުކުރުމުން އެބަލީގައި މީހުން މަރުވެފައިވެސް ހުރެއެވެ.
މީގެ 25 އަހަރު ކުރިން މިބަލީގައި އެތައް ހާސްކުދިންނެއް އެފުރިކާގައި ވާވެއެވެ. މިހާރު މިބަލި ފެންނަނީ ހަމައެކަނި ޕާކިސްތާނާއި އަފްޣާނިސްތާނުގައެވެ. މިބައްޔަކީ މިހާތަނަށް ފަރުވާއެއް ހޯދިފައިވާ ބައްޔެއް ނޫނެވެ. ނަމަވެސް ވެކްސިންގެ ސަބަބުން މިބަލިން ކުޑަކުދިން ރައްކާތެރިވެއެވެ.
ޕޯލިއޯއިން ސަލާމަތްވެފައިވާ ކަން އެންމެ ފަހުން އިއުލާނުކުރި އެފުރިކާގެ ޤައުމަކީ ނައިޖީރިއާއެވެ. މީގެ 10 ވަރަކަށް އަހަރުކުރިން މުޅި ދުނިޔެއިން ފެންނަ ޕޯލިއޯ ކޭސްތަކުގެ ދެބައިކުޅަ އެއްބައަށްވުރެ ގިނައިީ އެޤައުމުން ފެންނަ ކޭސްތަކެވެ.
ޕޯލިއޯ ވެކްސިން ފޯރުކޮށްދިނުމަށް ނައިޖީރިއާގައި ކުރި މަސައްކަތަކީ ވަރަށް އެކަހެރި އެހާމެ ނުރައްކާތެރި ސަރައްހައްދުތަކުގައި ހިންގަންޖެހުނު ހަރަކާތެކެވެެ. އެމަސައްކަތުގެ ތެރޭގައި ބައެއް ޞިއްހީ ޚިދުމަތްތެރިން މަރުވެފައިވެއެވެ.
އެފުރިކާ ޕޯލިއޯއިން ސަލާމަތްވެފައިވާ ކަމުގައި ކަނޑައެޅުމުގެ ޝަރުޠުތަކުގެ ތެރެއިން އެއް ޝަރުޠަކީ މުޅި އެފުރިކާ ބައްރުގެ އާބާދީގެ ތެރެއިން 95 އިންސައްތަ މީހުންނަށް ވެކްސިން ލިބުމެވެ. މިހާރު އެފުރިކާއިންވަނީ އެކަން ޙާޞިލުކޮށްފައެވެ.
މި ލިއުމާއި ގުޅޭ