Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ކޮވިޑު-19 ބަލިމަޑުކަމުގެ ސަބަބުން ޑިޕްރެޝަނަށް ދާ ޒުވާނުން ގިނަވަނީ

ކޮވިޑު-19 ގެ ސަބަބުން ޑިޕްރެޝަނަށް ދާ ޒުވާނުން އިނގިރޭސިވިލާތުގައި ގިނަވަމުން ދާކަމަށް އެ ޤައުމުން ހާމަކޮށްފިއެވެ.
އިނގިރޭސިވިލާތުގެ އޮފީސް ފޯ ނޭޝަނަލް ސްޓެޓިސްޓިކްސް އިން އަންގާރަ ދުވަހުގައި ހާމަކުރި ގޮތުގައި އެ ޤައުމުގެ ބޮޑެތި މީހުންގެ ތެރެއިން ކޮންމެ 5 މީހަކުން އެކަކު މިއަހަރު ޖޫން މަސްތެރޭ ކޮންމެވެސް މިންވަރަކަށް ޑިޕްރެޝަން ތަހައްމަލް ކޮށްފައިވެއެވެ.
މީގެ ތެރެއިން ޑިޕްރެޝަން އެންމެ ބޮޑަށް ތަހަމައްލް ކޮށްފައިވަނީ އުމުރުން 16 އަހަރާއި 34 އަހަރާއި ދެމެދުގެ މީހުންނެވެ. މި އުމުރުފުރާގެ މީހުންގެ ތެރެއިން ކޮންމެ 3 މީހަކު އެކަކު ޖޫން މަސް ތެރޭގައި ޑިޕްރެޝަން ތަހައްމަލުކޮށްފައިވާއިރު ކޮވިޑު-19 ގެ ކުރިން ޑިޕްރެޝަން ތަހައްމަލު ކޮށްފައިވަނީ ކޮންމެ 9 މީހުންގެ ތެރެއިން އެކަކެވެ.
އިނގިރޭސިވިލާތުގެ ނަފްސާނީ މާހިރަކު ވިދާޅުވެފަވާގޮތުގައި ޒުވާނުންގެ ވަރަށް ގިނަ މީހުންގެ ދިރިއުޅުން ކޮވިޑު-19 ގެ ސަބަބުން އެފުއްމިފުށަށް ޖެހުނު ކަމަށާއި އޭގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް އަސަރުކޮށްފައިވާ ކަމަށެވެ.
މި ލިއުމާއި ގުޅޭ