Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ކޮންގޯގައި އެބޯލާއާ ދެކޮޅަށް ވެކްސިނުގެ ދެވަނަ ބާވަތެއް ބޭންކުރަން ފަށަނީ

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ޞިއްޙީ ދާއިރާގެ އޮފިޝަލަކާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ އެޤައުމުގައި ފެތުރެމުންދާ އެބޯލާ ވައިރަސްއާ ދެކޮޅަށް ދެވަނަ ބާވަތެއްގެ ވެކްސިނެއް ބޭނުންކުރަން ފެށުމަށް އެޤައުމުން ނިންމާފައިވާ ކަމުގައެވެ. މިވެކްސިނަކީ އެމެރިކާގެ ޖޯންސަން އެންޑް ޖޯންސަން ކުންފުނީގެ އުފެއްދުމެކެވެ. ކޮންގޯގައި އެބޯލާ ފެތުރެމުންދާ ދިއުމަކީ، މުޅި ތާރީޚުގައިވެސް ދެވަނައަށް އެންމެ ނުރައްކާތެރި ފެތުރުން ކަމުގައި ރިޕޯޓުތައް ބުނެއެވެ.
ކޮންގޯއިން މިވައިރަސް ފެތުރެމުންދާ ދިއުމާ ދެކޮޅަށް ކުރާ މަސައްކަތްތައް ބަލަހައްޓާ ޓީމުން އިތުރު ވެކްސިނެއް ތަޢާރަފުކުރާނެ ކަން ކަށަވަރުކޮށްދީފައިވީ ނަމަވެސް ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ބޭނުންކުރަން ފަށާނީ ކޮންއިރަކު ކަމެއް އެޓީމުން ހާމަކޮށްފައިނުވެއެވެ.
އަލަށް ތަޢާރަފުކުރެވޭ ވެކްސިނަކީ ކޮންގޯގައި ކުރިން ބޭނުންކޮށްފައިވާ ވެކްސިނުގެ އަސަރު އިތުރަށް ބާރުގަދަކޮށްދީ ފުރިހަމަކޮށްދޭނެ ވެކްސިނެކެވެ. އެންމެ ފުރަތަމަ އެޤައުމުގައި ބޭނުންކޮށްފައިވާ ވެކްސިނަކީ އެމެރިކާގެ ބޭސް އުފައްދާ ބިޔަ ކުންފުންޏެއް ކަމުގައިވާ މާރކްގެ އުފެއްދުމެކެވެ. އޮގަސްޓު 2018ގައި ކޮންގޯގެ އުތުރު އިރުމަތީ ދެޕްރޮވިންސެއް ކަމުގައިވާ ކިވޫއާއި އިޓޫރީގައި އެބޯލާގެ ވަބާ ފެތުރެން ފެށުމާއެކު، 220،000 މީހަކަށް މިވެކްސިން ދެވިފައިވެއެވެ.
ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނާމެދު ކޮންގޯގެ އޮފިޝަލުންގެ މެދުގައި ޚިޔާލު ތަފާތުވުން ބޮޑުވެފައިވެއެވެ. އެއްބައި ފަރާތްތަކުން ދެކެވަޑައިގަންނަވާ ގޮތުގައި މިވެކްސިނަކީ ރައްކާތެރިކަން ކަށަވަރުވެފައިވާ ވެކްސިނެއް ނޫނެވެ. އަދި އެވިކްސިން ބޭނުންކުރަން ފެށުމުން ޢާންމުނަށް އޮޅުންބޮޅުން އަރައި ނުތަނަވަސްކަން ބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމުގައިވެސް އެބޭފުޅުން ދެކެވަޑައިގަންނަވައެވެ.
ނަމަވެސް ޑަބްލިއުއެޗްއޯއިން ބުނެފައިވަނި ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނަކީ އެބޯލާއާ ދެކޮލަށް 12 މަސްދުވަހުގެ ރައްކާތެރިކަން ފޯރުކޮށްދޭ ވެކްސިނެއް ކަމުގައެވެ.
މި ލިއުމާއި ގުޅޭ