Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ޗައިނާއަކުން އެހެން ޤައުމުތަކަށް ފިކުރެއް އެކްސްޕޯޓުނުކުރާނެ: ޗައިނާގެ ޚާރިޖީވަޒީރު

ޗައިނާއިން ދުނިޔޭގެ އެހެން ޤައުމުތަކަށް ފިކުރެއް އެކްސްޕޯޓުނުކުރާނެ ކަމުގައި ޗައިނާގެ ޚާރިޖީވަޒީރު ވަންގް ޔީ ވިދާޅުވެއްޖެއެވެ. އޭނާ މިފަދައިން ވިދާޅުވީ ޝިންހުއާ ނޫސް އެޖެންސީއަށް ދެއްވި ތަފުޞީލު ބަސްދީގަތުމެއްގައި އެމެރިކާއާއި ޗައިނާގެ ގުޅުން ދެވަނަ ފިނި ހަނގުރާމައަށްވެދާނެތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ޗައިނާގެ ޚާރިޖީވަޒީރު ފާހަގަކުރެއްވި ގޮތުގައި ޗައިނާއާއި އެމެރިކާގެ މެދުގައި ސިޔާސީ ގުޅުން އުފެއްދި ފަހުން ދުވަހަކުވެސް ދެޤައުމުގެ ގުޅުން ގޯސްނުވާ މިންވަރަށް މިހާރު ގުޅުން ގޯސްވެއްޖެއެވެ. އެގޮތަށް ގުޅުން ގޯސްވުމަށް މެދުވެރި އެންމެ އަސާސީ ސަބަބެއް ކަމުގައި އޭނާ ވިދާޅުވީ އެމެރިކާގެ ސިޔާސީ ބައެއް ލީޑަރުން ޗައިނާއާ ދެކޮޅު ވިސްނުންފުޅެއް ގެންގުޅުއްވުމާއި، އެބޭފުޅުންގެ ބާރު ބޭނުންކޮށްގެން ޗައިނާއާމެދު ރުޅިވެރިކަން އުފައްދައި ޗައިނާއާ އެމެރިކާގެ މެދުގައި އޮތް ގުޅުން ހީނަރުކުރެއްވުމަށް ތަފާތު އެކި ނަންނަމުގައި މަސައްކަތްކުރައްވާތީ ކަމުގައެވެ.
އަދި އޭގެ އިތުރަށް އޭނާ ވިދާޅުވީ އެސިޔާސީ ފަރާތްތަކުން މަސައްކަތްކުރަމުންދަނީ މެކާތީޒަމް އަނބުރައި އެމެރިކާގައި ދިރުވުމަށް ކަމުގައެވެ. އަދި އޭގެ ބޭނުމަކީ ޗައިނާއާއި އެމެރިކާގެ މެދުގައި އޮތް ގުޅުން އިތުރަށް ހަލާކުކުރުން ކަމުގައެވެ. އަދި ދެޤައުމުގެ ރައްޔިތުންގެ މެދުގައި ރުޅިވެރިކަން އުފެއްދުމުގެ ބޭނުމުގައި ކަމަށެވެ. އަދި ދެޤައުމުގެ މެދުގައި އޮތް އިތުބާރު ހީނަރުކުރަން ކަމުގައެވެ.
އަދި އޭގެ އިތުރަށް ވަޒީރު ވިދާޅުވީ ޗައިނާއިން އެކމަަށް ޖާގަ ނުދޭނެ ކަމުގައެވެ. އަދި "އައު ފިނި ހަނގުރާމަ"އަކީ އެއްވެސް ހަގީގަތެއް އޮތް ކަމެއް ނޫން ކަމަށާއި، އެފަދަ ކަމެއްގެ ސަބަބުން ޗައިނާގެ އެންމެ މަތީ މަސްލަހަތުތަކަށާއި އެމެރިކާ ރައްޔިތުންގެ މަސްލަހަތުތަކަށް ގެއްލުންވާނެ ކަމުގައެވެ. އަދި ދުނިޔެ ކުރިއެރުމާ ދިމާލަށް ކުރާ ދަތުރަށްވެސް ހުރަސްއެޅިގެންދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
އަދި ޗައިނާއަކީ ކުރީގެ ސޯވިއެޓު ޔޫނިއަން ނޫން ކަމުގައާއި، އައު އެމެރިކާއަކަށްވުމުގެ ވިސްނުމެއް ނިޔަތެއް ޗައިނާގެ ނެތް ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ޗައިނާއިން ފިކުރުތައް ބޭރުކުރުމުގެ މަސައްކަތް ނުކުރާނެ ކަމަށާއި، އެހެން ޤައުމުތަކުގެ ދާޚިލީ ކަންކަމަށް ޗައިނާއިން ނުވަންނާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. ދުނިޔޭގެ ތަރައްޤީވަމުން އަންނަ އެންމެ ބޮޑު އިޤުތިޞާދުގެ ހައިސިއްޔަތުން ޗައިނާއިން އިސްކަންދޭނީ ޞުލްޙަވެރި ތަރައްޤީއަށް ކަމުގައި ފާހަގަކުރެއްވިއެވެ.
މި ލިއުމާއި ގުޅޭ