އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ މިންވަރު އިތުރުވެއްޖެ

އައިޝަތު ހަނާ 1 އޯގަސްޓު 2020 14:17
Flowers
ފޮޓޯ: އަލްޖަޒީރާ

އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ކޮވިޑް-19 ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފިއެވެ. 

އަލްޖަޒީރާއިން ރިޕޯޓުކުރި ގޮތުގައި ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްއާއި ޣައްޒާގައި ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންގެ ޢަދަދު 13،457 މީހުންނަށްވަނީ އިތުރުވެފައެވެ. ޞިއްޙީ ވުޒާރާއިން ބުނި ގޮތުގައި ކޮރޯނާ ވައިރަސް ޖެހޭ މީހުންގެ އަދަދު ޖުލައި މަހުގެ ދެވަނަ ފަޅީގައި އިތުރުވެފައިވެއެވެ. 

އިނގިރޭސިވިލާތުގެ އިމްޕީރިއަލް ކޮލެޖުގެ ހިސާބުތައް ބަލާއިރު ބަލިޖެހިފައިވާ މީހުންގެ ގައިން ބަލި އަރާ މިންވަރު ހުޅަނގު އައްސޭރީގައި މިހާރު ހުރީ 1.58 އަށް އުފުލިފައެވެ. އޭގެ މާނައަކީ ބަލިޖެހޭ ކޮންމެ ދެމީހެއްގެ ގައިން ތިން މީހުން ގައަށް ބަލި އަރަމުން ދިއުމެވެ. 

ފަލަސްޠީނުގެ އިދާރާއިން ހުޅަނގު އައްސޭރީގެ އެއިދާރާގެ ބާރުގެ ދަށުގައި ހުރި ސަރަހައްދުތަކުގައި ބަލި ފެތުރުން ހަންމަތަކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރި ނަމަވެސް މިމަސައްކަތުގައި އެކަށީގެންވާ ނަތީޖާއެއް ނެރެވިފައިނުވެއެވެ. އެއިދާރާއިން މޭ މަހުގައި ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދިން އިރު ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 130 މީހުންނަށްވުރެ މަދެވެ. 

ނަމަވެސް އިޖުތިމާޢީ ގައިދުރުކަމުގެ އުޞޫލުތަކަށް ގިނަ ބަޔަކު ތަބާނުވުމުގެ ސަބަބުންނާއި ބޯޑަރުތައް ބެލެހެއްޓުމުގައި ހުރި އުނިކަމުގެ ސަބަބުން ރާމުﷲގައި މަރުކަޒުވެފައިވާ ފަލަސްޠީނު އިދާރާއަށް ބަލި ކޮންޓުރޯލުކުރުމުގައި ގިނަ އުދަގޫތަކެއް ކުރިމަތިވެފައިވެއެވެ. 

ބައްޔަށް ޕޮޒިޓިވްވެފައިވާ 8.796 މީހުންގެ ތެރެއިން ގިނަ މީހުންނަކީ ހުޅަނގު އައްސޭރީގެ ދެކުނުގައި އޮންނަ ހިބްރޫން ގަވާނޭޓުން ޕޮޒިޓިވްވި މީހުންނެވެ. އެގޮތުން ހިބްރޫން ސިޓީގައި ސަރުކާރުން އިއުލާނުކުރި ފުރަބަންދު ހިންގުމަށް ސަރުކާރުން ނުކުޅެދުމުގެ ސަބަބުން މުޅި ޝަހަރު ތޮއްޖެހި އެކަމުގެ ސަަބަބުން ވައިރަސް ބޮޑަށް ފެތުރިގެން ދިޔައެވެ. 

ކިޔުންތެރިންގެ ހިޔާލު