ސެޕްޓެންބަރުގައި ބާއްވަން އޮތް ހޮންކޮންގުގެ އިންތިޚާބު ފަސްކޮށްފި

އިބްރާހިމް އާދަމް 1 އޯގަސްޓު 2020 10:39
Flowers
ހޮންކޮންގެ ޗީފް އެކްޒެކެޓިވް ކެރީ ލާމް

ސެޕްޓެންބަރު ބޭއްވުމަށް ތާވަލުކޮށްފައިވާ ހޮންކޮންގުގެ ބަރުލަމާނީ އިންތިޚާބު ފަސްކުރުމަށް އެޝަހަރުގެ ޗީފް އެކްޒެކެޓިވް ކެރީ ލޭމް ނިންމަވައިފިއެވެ. އެގޮތަށް އޭނާ ނިންމެވީ ކޮރޯނާ ވައިރަސްގެ ސަބަބުންނެވެ. މިނިންމުމަށް އެމެރިކާއިން ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވެއެވެ. 

އެޝަރަހަރުގެ ބަރުލަމާނު ކަމުގައިވާ ލެޖިސްލޭޓިވް ކައުންސިލަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޑިމޮކްރަސީއަށް ތާއީދުކުރާ 12 ފަރާތެއްގެ ނަން ސަރުކާރުންވަނީ ބާޠިލުކޮށްފައެވެ. އެމީހުންގެ ނަންތައް ބާޠިލުކުރި މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެސަރަހައްދުގައި ހިންގަން ނިންމި ޤައުމީ ސަލާމަތާ ބެހޭ ޤާނޫނަށް އެމީހުން ތާއީދުނުކުރުން ހިމެނެއެވެ. 

ލާމް ވިދާޅުވި ގޮތުގައި މިހާރު ތާވަލުކުރެވިފައިވާ ގޮތަށް ސެޕްޓެންބަރު މަހުގެ 6 ވަނަ ދުވަހު އިންތިޚާބު ބާއްވައިފިނަމަ، އެއިންތިޚާބަކީ ހުޅުވާލެވިފައިވާ އިންސާފުވެރި އިންތިޚާބަކަށްނުވާނެ ކަމުގައެވެ. އަދި އެދުވަހު އިންތިޚާބު ބޭއްވުމަކީ ވޯޓުލާ މީހުންނާއި ކެނޑިޑޭޓުންނާއި ސަޕޯޓަރުންނާއި އިންތިޚާބީ މަސައްކަތްތެރިން ނުރައްކަލަށް ހުށަހެޅިދާނެ ކަމެއް ކަމުގައެވެ. އަދި މިނިންމުން ލާމް ނިންމަވާފައިވަނީ ކުއްލި ޙާލަތުގައި ލިބިދޭ ބާރުތަކުގެ ދަށުންނެވެ. 

އަހަރު ދުވަހަށް މިހާރު ފަސްކޮށްފައިވާ އިންތިޚާބުގައި ވަރަށް ބޮޑު ކާމިޔާބެއް ޑިމޮކްރަސީއަށް ތާއީދުކުރާ ޕާޓީތަކަށް ލިބޭނެ ކަމަށް އެޕާޓީތަކުން އުންމީދުކުރިއެވެ. 

އިންތިޚާބު ފަސްކުރުމަށް ނިންމި ނިންމުން އެމެރިކާގެ ސަރުކާރުންވަނީ ކުށްވެރިކޮށްފައެވެ. އަދި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފަިއވަނީ މިއީ ޗައިނާއިން އަހުދާ ޚިލާފުވާވުމަށް އިތުރުވި ބޮޅެއް ކަމުގައެވެ. އަދި ހޮންކޮންގެ ތަނަވަސްކަމުގެ އަސާސުތައް ކަމުގައި ހިމެނޭ ޑިމޮކްރެޓިކް އިޖުރާއާތްތަކާއި، މިނިވަންކަމަށް މިއަމަލުގެ ސަބަބުން ހީނަރުކަން ލިބޭ ކަމުގައިވެސް އެމެރިކާ ސަރުކާރުން ބުނެފައިވެއެވެ. 

އެމެރިކާގެ ސެނެޓުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މުޤައްރިރު ޖިމް ރިޝް ވިދާޅުވެފައިވަނީ އިންތިޚާބު ފަސްކުރުމަކީ އެކަމާ ގުޅޭ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމެއް ކަމުގައެވެ. އޭނާ އިތުރަށް ތުހުމަތުކުރެއްވި ގޮތުގައި ހޮންކޮންގުގެ އިންތިޚާބު ފަސްކުރުމުގެ ބޭނުމަކީ ޑިމޮކްރަސީއަށް ތާއީދުކުރާ ކެނޑިޑޭޓުންނަށް ލިބިދާނެ ކާމިޔާބެއް ހުއްޓުވުމެވެ. 

ކިޔުންތެރިންގެ ހިޔާލު