Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ޗައިނާގެ ކުންފުންޏަކާއި ކުންފުނީގެ ދެ އިސްވެރިއަކަށް އެމެރިކާއިން ފިޔަވަޅު އަޅައިފި

އުއިޣުރު މުސްލިމުންނާމެދު ހިންގާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކުގެ ސަބަބުން ކަމުގައި ބުނެ، ޗައިނާގެ ކުންފުންޏަކާއި އެކުންފުނީގެ ދެ އިސްވެރިޔަކާމެދު އެމެރިކާއިން ދަތިކުރުމުގެ ފިޔަަވަޅު އަޅައިފި ކަމަށް އެމެރިކާގެ ޓްރެޝަރީ ޑިޕާޓުމެންޓުން ބުނެފިއެވެ.
އެމެރިކާގެ މިނިންމުމަކީ ޗައިނާއާއި އެމެރިކާގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ދަނޑިވަޅެއްގައި އެޅި ފިޔަަވަޅެކެވެ. އެގޮތުން ހުސްޓަންގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓު މީގެ ހަފުތާއެއް ކުރިން އެމެރިކާ ރައީސް ޑޮނާލްޑް ޓުރަމްޕުވަނީ ބަންދުކުރައްވާފައެވެ. އޭގެ ބަދަލުގައި ޗެންގްޑޫގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓު ޗައިނާއިންވަނީ ބަންދުކޮށްފައެވެ.
ހުކުރުދުވަހު އެމެރިކާއިން ނިންމާފައިވަނީ ޗައިނާގެ ޒިންޖިއަން ޕްރޮޑަކްޝަން އެންޑް ކޮންސްޓްރަކްޝަން ކޯޕްސްއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށެވެ. އަދި އެކޯޕްސްގެ ކޮމާންޑަރަކަށް ހުންނަވާ ޗައިނާގެ ކޮމިއުނިސްޓު ޕާޓީގެ ޑެޕިއުޓީ ޕާޓީ ސެކްރެޓަރީ ޕެން ޖިއަރޫއަށްވެސް ފިޔަވަޅު އަޅަން ނިންމާފައެވެ. އަދި އެކުންފުނީގެ ކުރީގެ ޕާޓީ ސެކްރެޓަރީ ސުން ޖިންލޮންއަށްވެސް އެމެރިކާއިން ފިޔަވަޅު އެޅިއެވެ.
ޓްރެޝަރީ ޑިޕާޓުމެންޓުން ބުނި ގޮތުގައި މިކުންފުންޏަކީ ޕެރަމިލިޓަރީ ޖަމާޢަތެކެވެ. އަދި އެޖަމާޢަތް ތަބާވަނީ ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓު ޕާޓީއަށެވެ. އަދި އެކުންފުންޏަކީ އެސަރަހައްދު ކޮމިއުނިސްޓު ޕާޓީން އެދޭ ގޮތަށް ހަންމަތަކުރުމަށް މަސައްކަތްކުރާ ޖަމާޢަތެއް ކަމުގައިވެސް ބުނެފައިވެއެވެ.
އެމެރިކާގެ މިނިންމުމާއެކު، އެކުންފުންޏަށް ނިސްބަތްވާ އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް އެމެރިކާގައި ހުރިނަމަ، ފުރީޒުވާނެއެވެ. މިނިންމުން ނިންމުމުގެ ކުރިން ޒިންޖިއަން ސަރަހައްދުގެ ކޮމިއުނިސްޓު ޕާޓީގެ ސެކްރެޓަރީ ޗެން ކުއަންގުއޯއާމެދުވެސް އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އޭނާއަކީ ޗައިނާގެ ބާރުގަދަ ޕޮލިޓްބިއުރޯގެ މެންބަރެކެވެ. އެހެންކަމުން އޭނާއަކީ މިހާތަނަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅި ޗައިނާގެ އެންމެ އިސް އޮފިޝަލެވެ.
އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅި ކުންފުންޏަކީ 1954 ވަނަ އަހަރު އުފައްދާފައިވާ "ކުއާޒައި މިލިޓަރީ" ނުވަތަ އެއްބައި އަސްކަރީ ގުރޫޕެކެވެ. އެގުރޫޕުގައި އެންމެ ފުރަތަމަ ހިމެނުނީ އަސްކަރީ ޚިދުމަތަށް ނުނެރޭ ސިފައިންނެވެ. ފަހުން އާންމުންނަށްވެސް އެގުރޫޕުގައި ބައިވެރިވެވެއެވެ.
މި ލިއުމާއި ގުޅޭ