Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

އާޔާ ސޯފިޔާގެ ފުރަތަމަ ހުކުރު ޖަމާޢަތުގައި އުރުދުޣާން ބައިވެރިވެވަޑައިގެންފި

އަޔާ ސޯފިޔާއަކީ އަލުން މިސްކިތެއް ކަމުގައި ހަމަޖެއްސެވުމަށްފަހު، އެމިސްކިތުގައި ކުރި ފުރަތަމަ ހުކުރު ނަމާދުގައި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން އެތައް ހާސް މީހުންނާ އެކީ ބައިވެރިވެވަޑައިގެންފިއެވެ.
މިހުކުރު ނަމާދަކީ އަޔާ ސޯފިޔާއަކީ މިސްކިތެއް ކަމުގައި އަލުން ހަމަޖެއްސެވުމަށްފަހު އެމިސްކިތުގައި ކުރެވޭ ފުރަތަމަ ހުކުރު ނަމާދެވެ. މިމިސްކިތަކީ މިއުޒިއަމެއްގެ ގޮތުގައި ބޭނުންކުރަމުން އައި ތަނެކެވެ. އެތަނަކީ މުސްލިމުންނާއި ކުރިސްޓިއަނުންވެސް ޤަދަރުކުރާ އަދި އެމީހުންގެ ސަގާފަތުގެ އުންސުރެއްގެ ގޮތުގައި ހިމެނޭ ތުރުކީގެ ފަޚުރުވެރި ބިނާއެކެވެ.
އަޔާ ސޯފިޔާގައި ކުރެވޭ ފުރަތަމަ ހުކުރު ފެއްޓުމުގެ ކުރިން އުރުދުޣާނާއި އޭނާގެ ވަޒީރުންވަނީ ހުދުކުލައިގެ މާސްކު ތުރުކުރައްވައިގެން ތިއްބަވާ މިސްކިތުގައި ޝުކުރުގެ ސަޖިދައެއް ކުރައްވާފައެވެ. އެއީ އެމިސްކިތަށް އަނބުރައި އިސްލާމީ އަޅުކަން ރުޖޫޢަވުން އިހުތިފާލުކުރެއްވުމުގެ ގޮތުން ކުރެއްވި ޝުކުރުގެ ސަޖިދައެކެވެ.
މިއަދުގެ ހެނދުނުގެ ވަގުތުތަކުގައި ގިނަ އަދަދެއްގެ ބަޔަކުވަނީ އަޔާ ސޯފިޔާ ހުރި ސަރަހައްދުގައި ފުލުހުން ކަނޑައަޅާފައިވާ ޗެކް ޕޮއިންޓުތަކަށް ޖަމާވެފައެވެ. ޗެކް ޕޮއިންޓުތަކުން އެތެރެވެ މިސްކިތާ މިސްކިތް ވަށައިގެންވާ ސަރަހައްދުގައި ގިނަ ޢަދަދެއްގެ މީހުންވަނީ ހުކުރު ޖަމާޢަތުގައި ބައިވެރިވުމަށް ޖަމާވެފައެވެ.
އަޔާ ސޯފިޔާއަކީ މިއުޒިއަމެއް ކަމުގައި ކަނޑައެޅި ކަނޑައެޅުން ދިގު މުއްދަތަކަށް ފަހު ނިމުމަކަށް އައުމުން ތުރުކީގެ މުސްލިމުންވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އެތަނަށް ޖަމާވި ބައެއް މީހުންވަނީ ކޯޓުގެ ނިންމުމަށާއި ރައީސް އުރުދުޣާނަށް ޝުކުރުގެ ބަސްތައް ރައްދުކޮށްފައެވެ.
މިމަހުގައި ތުރުކީގެ މަތީ ކޯޓަކުން އަޔާ ސޯފިޔާއަކީ މިއުޒިއަމެއް ކަމުގައި ކަނޑައެޅި އެޅުން ނިމުމަކަށް ގެނެސްފައެވެ. އެނިންމުމާއެކު ލަސްތަކެއް ނުވެ، އެއިމާރާތަކީ މިސްކިތެއް ކަމުގައި ހަމަޖެއްސެވިކަން އުރުދުޣާންވަނީ އިއުލާނުކުރައްވާފައެވެ. އުސްމާނީ ޚިލާފަތުގައި އިސްތަންބޫލު ފަތަހަކުރި ފަހުން 1934 ވަނަ އަހަރާ ހަމައަށް އެތަން ބޭނުންކޮށްފައިވަނީ މިސްކިތެއްގެ ގޮތުގައެވެ.
މި ލިއުމާއި ގުޅޭ