Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ސިންގަޕޫރުގެ އާންމު އިންތިހާބުގެ ވޯޓުލުން ފެށިއްޖެ

ސިންގަޕޫރުގެ އާންމު އިންތިހާބުގެ ވޯޓުލުން މިއަދު ފަށައިފިއެވެ.
ސިންގަޕޫރު ގަޑިން ހެނދުނު 8 ގައި ވޯޓުލުން ފަށާފައިވާއިރު ބައެއް ފަރާތްތަކުން ދަނީ މީގެ ސަބަބުން އިތުރަށް ކޮވިޑު-19 ފެތުރިދާނެކަމުގެ އިންޒާރުދެމުންނެވެ. ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ގައިދުރު ކުރުމާއި، އެ ނޫންވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ. މިގޮތުން، ވޯޓުލާން ދާ މީހުންގެ ހަށިގަނޑުގެ ހޫނު މިން ބެލުމާއި، އެންމެން ކޮންޓެކްޓް ޓްރޭސިން އެޕް އަޅާފައި ހުރިތޯ ބެލުންފަދަ ކަންކަން ކުރިއަށް ގެންގޮސްފައިވެއެވެ.
ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސިއެން ލޮންގް އާއި ވެރިކަން ކުރާ ޕީޕަލްސް އެކްޝަން ޕާޓީ މިއަހަރުގެ އިންތިހާބުންވެސް މޮޅުވާނެ ކަމަށް ލަފާކުރެވެއެވެ. މިނިވަންވިފަހުން މިހާތަނަށް ސިންގަޕޫރުން ބޭއްވި ހުރިހާ އިންތިހާބެއްވެސް ކާމިޔާބުކޮށްފައިވަނީ އެ ޕާޓީންނެވެ.
ކޮވިޑު-19 ގެ ސަބަބުން މިހާތަނަށް ސިންގަޕޫރުގައި 26 މީހުން މަރުވެފައިވާއިރު 45،000 އަށްވުރެ ގިނަ މީހުންނަށް ވަނީ އެބަލި ޖެހިފައެވެ.
މި ލިއުމާއި ގުޅޭ