Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

އޮންލައިންކޮށް ކިޔަވާކުދިންނަށް ވިސާ ނުދޭނެކަމަށް އެމެރިކާއިން އަންގައިފި

ކުރިޔަށް އޮތް ޗުއްޓީީއަށްފަހު ސުކޫލްތައް ހުޅުވަންވާނެކަމަށް ބުނެ ރައީސް ޑޮނަލްޑު ޓުރަމްޕު ޓުވީޓުކުރެއްވިތާ މާގިނައިރެއް ނުވަނީސް ހޯމްލޭންޑު ސެކިއުރިޓީ ޑިޕާޓުމަންޓުގެ އިމިގްރޭޝަން އެންޑު ކަސްޓަމްސް އެންޕޯސްމަންޓުން (އައިސް) އެމެރިކާގައި ތިބޭ ބޭރުގެ ކިޔަވާކުދިންނާގުޅޭ އާ ގަވާއިދުތަކެއް އާންމުކޮށްފިއެވެ.
އާ ގަވާއިދުގެ ދަށުން އޮންލައިންކޮށް ފުލްޓައިމް ކިޔަވާ ކުދިންނަށް ވިސާ ނުދޭނެކަމަށާއި، ވިސާ އިިތުރުކޮށްވެސް ނުދޭނެކަމަށާއި އަދި މިހާރު ވިސާ ލިބިފައިވާ އެހެންނަމަވެސް އެމެރިކާއިން ބޭރުގައިތިބި ކިޔަވާކުދިންނަށްވެސް ދެން އެތެރެނުވެވޭނެކަން އަންގާފައެވެ. މީގެ އިތުރުން މިވަގުތު އެމެރިކާގައިތިބިއޮންލައިންކޮށް ފުލްޓައިމްކިޔަވާ ކުދިންވެސް ގައުމުދޫކޮށް ދާންޖެހޭނެކަމަށާއި އެހެންނޫނީ ހުޅުވާފައިވާ ސުކޫލް ނުވަތަ ޔުނިވާރސިޓިއަކަށް ބަދުލުވުމުން ނޫނީ ގާނޫނީއިމުގެ ތެރެއަށް ނުވަދެވޭނެކަމަށެވެ. އަލަށް އާންމުކޮށްފައިވާ މިފިޔަވަޅުތަކާ ހިލާފުވާ މީހެއްނަމަ ގާނޫނީ ފިޔަވަޅުއަޅާނެކަމަށާއި އޭގެތެރޭގައި މީހުން ޑީޕޯޓުކުރުންވެސް ހިމެނޭނެކަމަށެވެ.
ހޯމްލޭންޑު ސެކިއުރިޓީ ޑިޕާޓުމަންޓުގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ދެގޮތަށްކިޔަވައިދޭ މުއައްސަސާތައް؛ އެއީ ކުދިންން ސުކޫލަށް ގޮސްގެންނާއި އޮންލައިންކޮށް ކިޔަވައިދޭ ސްކޫލްތަކަށް މިގަވައިދަށްފަހު އޮންލައިންކޮށް ދެން ކިޔަވައިދެވޭނީ ހަފްތާއަކު 1ކުލާހާ 3 ކުލާހާ ދެމެދުގެ އަދަދަކަށެވެ.
2018 ގައި އައިސްއިން އާންމުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން އެމެރިކާގައި 1.55 މިލިޔަން ބޭރު ގައުމުތަކުގެ ކުދިންދަނީ ކިޔަވަމުންނެވެ. އެއީ މަތީ ތައުލީމު ހާސިލުކުރަމުންދާ 1.3 މިލިޔަންކުދިންނާއި، 85،000 ސްކޫލު ކުދިން ހިމެނޭހެނެވެ.
ރައީސް ޓުރަމްޕު ސްކޫލްތައް ހުޅުވަން ޓުވީޓުކުރައްވާފައިވާއިރު މިއީ ރައީސްއަށް އޮތް ބާރެއްނޫނެވެ، ނަމަވެސް އައިސްއިން މިފަދަ އަމުރެއް ނެރުމުން ނިންމުން ނިންމާނެ ސްޓޭޓުތަކުގެ ގަވަރުނަރުންނަށް ޕުރެޝަރު ބޮޑުވާނެއެވެ. އެމެރިކާގައި ހޮނިހިރުދުވަހު އެކަނިވެސް 57،683 މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.
މި ލިއުމާއި ގުޅޭ