Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

އެމެރިކާގެ އަސްކަރީ މަނަވަރުތަކެއް ޗައިނާގެ ކަނޑުގައި ހަރަތާކްތެރި ވާން ފަށައިފި

އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓު އުފުލާ 2 މަނަވަރު، 6 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޗައިނާގެ ދެކުނުގެ ކަނޑުގައި ހަރާކާތް ތެރިވާން ފަށައިފިއެވެ.
ސީ.އެން.އެން. ގައި ރިޕޯރޓު ކޮށްފައިވާ ގޮތުން އެމެރިކާގެ މަނަވަރުތަށް ދެކުނު ޗައިނާ ކަނޑުގައި ހަރަކާތްތެރި ވާން ފެށީ ޗައިނާއިން ކުރިއަށް ގެންދިޔަ އަސްކަރީ ފަރިތަކުރުން ތަކަކާއި ގުޅިގެންނެވެ. ބެއިޖިންގެ ރަސްމީ މީޑިއާތަށް ރޮޕޯރޓު ކުރާ ގޮތުން ޗައިނާއިން ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީނުތަކަކީ އެއްވެސް ފަރާތުން އަތުވެދާނެ ހަމަލާއަކަށް ތައްޔާރު ވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ފަރިތަކުރުން ތަކެކެވެ. އަދި ތަމްރީނުތަކާއި ގުޅޭ އިތުރު އެއްވެސް ތަފްޞީލެއް ހާމަ ކޮށްފައެއް ނުވެއެވެ.
މި ތަމްރީނުތަށް ކުރިއަށް ގެންގޮސްފައިވަނީ ވިއެޓްނާމް އަދި ޓައިވާން ސަރަހައްދީ ރޮނގުކައިރީގައި އޮންނަ ޒީޝާ ކިޔާ ރަށްތަކެއްގައެވެ. މި ރަށްތަކުގެ މިލްކުވެރިކަމާ މެދު 3 ޤައުމުގެ މެދުގައި ގޮތެއް ނުނިމި މީގެ ކުރިންވެސް ވަނީ އަރާރުންތަކެއް އުފެދިފައެވެ. އަދި ޗައިނާއިން ވަކާލާތު ކުރަމުން ދަނީ އެއީ ޗައިނާގެ ރަށްތަކެއް ކަމުގައެވެ.
2014 ވަނައަހަރަށް ފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ މަނަަވަރުތަކެއް ދެކުނު ޗައިނާގެ ކަނޑުގައި ހަރަކާތްތެރި ވާއިރު ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ވަނީ ހީނަރުވާން ފަށާފައެވެ. އަދި މީގެ ސަބަބުން ސަރަހައްދީ ސަލާމަތަށް ބުރޫ އަރާނޭ ކަމަށް ޗައިނާއިން ވަނީ ހާމަ ކޮށްފައެވެ.
މި ލިއުމާއި ގުޅޭ