Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

އައު ޤާނޫނާއިއެކު ހޮންކޮންގުގެ ނޭތަން ލޯ ގައުމު ދޫކޮށް ފިލައިފި

ދެކުނު އޭޝިޔާގައި އެންމެ ހަގު ޤާނޫނު ހަދާ މަޖިލީސް މެމްބަރުކަމަށް ހޮވުނު ނޭތަން ލޯ ހޮންކޮންގު ދޫކޮށް ފިލައިފިއެވެ.
ހޮންކޮންގުގެ މިނިވަންކަމަށް ވަކާލާތު ކުރުމަށް ލޯ އުފެއްދެވި ޑެސްޕަސީޓޯ ޕާޓީއިން ވެސް ލޯ އިސްތިއުފާދީފައިވާއިރު އޭނާ ގައުމު ދޫކޮށްފައި މިވަނީ ހޮންކޮންގެ އަމަނާ ބެހޭ ގާނޫނު ފާސްވުމުންކަމަށް އޭނާ ވަނީ ބުނެފައެވެ. ލޯ ގައުމު ދޫކޮށް ދިޔަތަނެއް ހާމަކޮށްފައިނުވި ނަމަވެސް އޭނާ ވަނީ މިދިޔަ ބުދަދުވަހު އެމެރިކާގެ ގާނުނުހަދާ މަޖިލީހާއި ވީޑިއޯ ފޯނުގެ ޒަރިއްޔާއިން މައުލޫމަތު ހިއްސާކޮށްފައެވެ. އެމެރިކާގެ ގާނުނުހަދާ މަޖިލީހުގެ މެންބަރުން އަރިހުގައި ލޯ ބުނެފައިވަނީ އޭނާ ހޮންކޮންގްއަށް ދިޔުމަށް ބިރުގަންނަކަމަށާއި އެއީ ޗައިނާއިން އެނާ ހައްޔަރުކޮށްފާނެތީކަމަށެވެ. އިއްޔެ ލޯ ވަނީ ރަސްމީކޮށް ގައުމު ދޫކޮށް ފިލައިގެން ގޮސްފަިއވާކަމަށާއި ދެން ހޮންކޮންގުގެ މިނިވަންކަމަށް މަސައްކަތްކުރާނީ ގައުމުން ބޭރުގައިކަމަށް އިއުލާންކޮށްފައެވެ.
2016ވަނަ އަހަރު މަޖިލިހަށް ހޮވުނު ލޯ، މަޖިލީހަށް ވަޑައިންނެވީ ހޮންކޮންގްއަކީ ޗައިނާގެ ސިޓީއަކަށް ހަދަން ބޭނުންނުވާކަމަށް ކެމްޕެއިން ކުރައްވަމުންނެވެ، ނަމަވެސް ލޯ ނުބައިކޮށް ހުވާކުރެއްވިކަމަށް ތުހުމަތުކޮށް އޭނާވަނީ މަޖިލީހުގެ މެންބަރުކަމަށް ކުފޫހަމަނުވާކަމަށް ނިންމާ ވަކިކޮށްފައެވެ.
ހޮންކޮންގްގެ އާމަނާ ބެހޭ ގާނުނެއް ފާސްކޮށްފައިވާއިރު ގިނަ ފަރާތްތަކުން ބުނަމުން ދަނީ މިއީ ގާނޫނާ ހިލާފު ގާނޫނެއްކަމަށެވެ، އެއީ އިނގެރޭސީންގެ އަތްދަށުގައިި ކުރިން އޮތް ހޮންގްކޮންގު ޗައިނާ އާއި 1997ވަނަ އަހަރު ހަވާލުކުރި އެއްބަސްވުމުގައި މަދުވެގެން 50އަހަރު ހޮންކޮންގް ވަކި ގާނޫނެއް ހިނގާ ގައުމެއްގެ ގޮތުގައި ބޭއްވުމަށް ޝަރުތުކޮށްފައިވާތީއެވެ.
މި ލިއުމާއި ގުޅޭ