Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

އަޔާ ސޯފިއާ މިސްކިތަކަށް ބަދަލު ކުރުމާ ގުޅޭ މައްސަލަ ކޯޓުގައި ފަށައިފި

ތުރުކީގެ އިސްތަންބުލްގައި ހުންނަ އަޔާ ސޯފިއާ މިސްކިތަކަށް ބަދަލު ކުރުމާއި ގުޅޭ މައްސަލައެއް ތުރުކީ ކޯޓެއްގައި ފަށައިފިއެވެ.
އަޔާ ސޯފިއާ އަކީ ރޫމީން ތުރުކީގައި ވެރިކަން ކުރިއިރު ބިނާކުރި ފައްޅިއެކެވެ. ނަމަވެސް އިސްތަންބުލް ފަތަހަ ކުރެއްވި ސުލްތާން މުހައްމަދު އަލް ފާތިހް، އިސްތަންބުލް ފަތަހަ ކުރެއްވުމަށްފަހު އެ ތަން މިސްކިތަކަށް ބަދަލު ކުރެއްވިއެވެ. އަދި އެކި ޒަމާންތަކުގައި އުސްމާނީ ހިލާފަތުގެ އެކި ރަސްކަލުން ވަނީ އެތަން އިތުރަށް ތަރައްޤީކޮށް މުންނާރުތައް ބިނާކޮށްފައެވެ.
ނަމަވެސް އުސްމާނީ ހިލާފަށް އުވުމަށްފަހު ތުރުކީގައި އުފެދުނު ސެކިއުލާ ދައުލަތުން 1934 ވަނަ އަހަރު ވަނީ އެތަނުގައި ނަމާދު ކުރުން ހުއްޓުވައި، ދާރުލް އާސާރަކަށް ބަދަލުކޮށްފައެވެ.
ކޯޓަށް މިހާރު ހުށަހަޅައިގެން އުޅެނީ 1934 ވަނަ އަހަރު ނިންމި ނިންމުން ބަދަލު ކުރުމަށެވެ. މި މައްސަލަ ކޯޓަށް ހުށަހެޅީ ތުރުކީގެ އަމިއްލަ ޖަމިއްޔާއަކުންނެވެ. އެ ޖަމިއްޔާގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދިން ވަކީލަކު ވިދާޅުވި ގޮތުގައި، އަޔާ ސޯފިއާ 86 އަހަރު ވަންދެން ދާރުލް އާސާރެއްގެ ގޮތުގައި ހުރުމުން ތުރުކީ ރައްޔިތުން ހިތާމަ ކުރާކަމަށެވެ.
"މި މިސްކިތަކީ ސުލްތާ މުހައްމަދު އަލް ފާތިހް ގެ އަމިއްލަފުޅު މުދަލެއް" އެ ވަކީލު ވިދާޅުވިއެވެ.
ސުލްތާން މުހައްމަދް އަލް ފާތިހް އަޔާ ސޯފިއާ މިސްކިތަކަށް ބަދަލު ކުރެއްވި އިރު އެ ފައްޅިއަށް 900 ވަރަކަށް އަހަރުވަނީ ވެފައެވެ. އަދި އެއީ އޭރު މުޅި ހުޅަނގު ބައްރުގައިވެސް އެންމެ މަޝްހޫރު އެއް ބިނާއެވެ.
އަޔާ ސޯފިއާ މިސްކިތަކަށް ބަދަލު ކުރަން އުޅޭތީ ތުރުކީގައި އުޅޭ ބައެއް ނަސާރާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ލިއުމާއި ގުޅޭ