އީރާނުން ޓްރަމްޕް ހައްޔަރު ކުރުމަށް އިންޓަރޕޯލްގައި އެދިއްޖެ

ލިއުޝާ ހަސަން 29 ޖޫން 2020 22:39
Flowers
އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަމްޕް

އެމެރިކާގެ ރައީސް ޑޮންލްޑް ޓުރަމްޕް ހައްޔަރުކުރުމަށް އެހީވެދިނުމަށް އީރާން އިން އިންޓަރޕޯލްގައި އެދިއްޖެއެވެ.

އިރާނުން ޓުރަމްޕް ހައްޔަރު ކުރުމަށް އެހީވުމަށް އެދިފައިމިވަނީ އެޤައުމުގެ ގުދުސް ފޯސްގެ ކޮމާންޑަރ، ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަ ކޮށްލި މައްސަލައާއި ގުޅިގެން ކަމަށް އީރާނުގެ ދައުލަތުގެ ވަކީލު އަލީ އަލްގަސިމް ވަނީ ވިދާޅުވެފައެވެ. އޭނާ އިތުރަށް ވިދާލުވެފައިވަނީ ސުލައިމާނީގެ މަރުގެ ތުހުމަތުގައި ޓްރަމްޕްގެ އިތުރުން އެހެން 30 މީހަކަށް ދައުވާކުރެވޭ ކަމަށާއި، ކުރަނީ ޓެރެރިޒަމްގެ ދައުވާއާއި މީހަކު މެރުމުގެ ދައުވާ ކުރާކަމަށެވެ. ޓުރަމްޕް ފިޔަވައި ބާކީ 30 މީހުންގެ ނަން އީރާނުން ހާމަ ކޮށްފައެއް ނުވެއެވެ.

އީރާނުން ހާމަކޮށްފައިވާ ގޮތުގައި ޓުރަމްޕްގެ ވެރިކަން ނިމުނުކަމުގައިވިޔަސް މި ހައްޔަރު އަމުރު އޮންނާނެއެވެ. އީރާނުން މިއަމުރު ނެރުނު ނަމަވެސް އިނޓަރޕޯލްއިން މި އަމުރަށް ތަބާވާނެ ކަމެއް އަދިވަނީ ޔަޤީން ނުވެފައެވެ. 

ގުދުސް ފޯސްގެ ކޮމާންޑަރ، ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަ ކޮށްލާފައިވަނީ މިއަހަރު ޖަނަވަރީ މަހު އީރާޤްގެ ވެރިރަށް ބަޢުދާދުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި އެމެރިކާއިން ދިން ހަމަލާއެއްގައެވެ. 

ކިޔުންތެރިންގެ ހިޔާލު