ފަރަންސޭސި ރައީސްގެ ޕާޓީއަށް ލޯކަލް އިންތިޚާބުގައި ވަރަށް ބޮޑު ނާކާމިޔާބެއް

އިބްރާހިމް އާދަމް 29 ޖޫން 2020 11:02
Flowers
ފަރަންސޭސި ރައީސް އިމެނުއެލް މެކްރޯން

އާދީއްތަ ދުވަހު ބޭއްވި ފަރަންސޭސިވިލާތުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ފަރަންސޭސި ރައީސް އިމެނުވެލް މެކްރޯނުގެ ޕާޓީއެއް ވަރަށް ބޮޑަށް ނާކާމިޔާބެއް ކުރިމަތިވެއްޖެއެވެ. 

މިއިންތިޚާބަކީ ފަރަންސޭސިވިލާތުގެ ފަސްވަނަ ޖުމްހޫރިއްޔާގެ ތާރީޚުގައި ބޭއްވި އިންތިޚާބެއްގައި އެންމެ ގިނަބަޔަކު ބޯއިކޯޓުކުރި އިންތިޚާބެވެ. އަދި މިއިންތިޚާބުގެ އިބްތިދާއީ ނަތީޖާތަކަށް ބަލާއިރު ރައީސް މެކްރޯންގެ ޕާޓީގެ މައްޗަށް އިދިކޮޅު "ގްރީން ޕާޓީ"ންވަނީ ވަރަށް ބޮޑު ކާމިޔާބެއް ހޯދާފައެވެ. އެޕާޓީއާއި ކޮމިއުނިސްޓު ޕާޓީގެ އިއްތިޙާދަށް އެކުވެގެން ގިނަ ސިޓީތަކެއްގެ އަޣުލަބިއްޔަތު ލިބިފައިވެއެވެ. 

އިންތިޚާބުގައި ވޯޓުލީ ފަރާތްތަކުގެ ރައުޔަ ހޯދުމަށް ނެގި ޕޯލްތަކަށް ބަލާއިރު "ގްރީން ޕާޓީ"އާއި އެޕާޓީއާ ގުޅިފައިވާ ވާތުފިޔައިގެ ޕާޓީތަކުން ވަނީ ލއޯން އަދި މާސެއިލް ފަދަ ޝަހަރުތަކުގެ އަޣުލަބިއްޔަތު ކާމިޔާބު ކޮށްފައެވެ. ބޯޑޯގެ މަޖްލިސްގައިވެސް ގިނަ ގޮނޑި އެޕާޓީތަކަށް ކާމިޔާބުވާނެ ކަމުގައި ބެލެވެއެވެ. 

ފަރަންސޭސި ބޮޑުވަޒީރު އެޑްވާޑް ފިލިއްޕޭވަނީ އޭނާ ވާދަކުރެއްވި ސިޓީގެ ކައުންސިލް ރައީސްކަން ކާމިޔާބުކުރައްވާފައެވެ. އެގޮނޑިއަށް އޭނާ ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. މިކާމިޔާބާއެކު ސަރުކާރުގެ އެކުލެވުމަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ގިނަ ފަރާތްތަކުން ބުނެއެވެ. 

އަދި ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގެ ނަތީޖާތަކަށް ބަލާއިރު މިހާތަނަށް ފެންނަނީ އެޝަހަރުގެ މޭޔަރުގެ މަޤާމުގައި ހުންނެވި ސޯޝަލިސްޓު ޕާޓީގެ މެންބަރު އޭން ހިޑާލްގޯ އެގޮނޑި ކާމިޔާބުކުރައްވާނެ ކަމުގައެވެ. އަދި މިހާތަނަށް އިޢުލާނުކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު  މެރީން ލެޕޭންގެ ހަރުކަށި ކަނާތު ފިޔައިގެ ޕާޓީއަށް އެއް ޝަހަރުގެ އަޣުލަބިއްޔަތު ލިބޭނެއެވެ. މިއީ އެޕާޓީގެ ތާރީޚުގައި 100،000 މީހުންގެ އާބާދީއަކަށްވުރެ ބޮޑު އާބާދީއެއް އޮތް ޝަހަރެއްގެ އަޣުލަބިއްޔަތު އެޕާޓީއަށް ލިބޭ ފަހަރެވެ. 

ކިޔުންތެރިންގެ ހިޔާލު