Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

އިނގިރޭސިވިލާތުގެ ޢުމްރާނީ ތަރައްޤީގެ އައު ޕުލޭން އިއުލާނުކުރަނީ

ކޮރޯނާ ވައިރަސްގެ ފުރަބަންދަށް ފަހު އިނގިރޭސިވިލާތް ކުރިއަށް ގެންދިއުމުގެ ގޮތުން އެޤައުމުގެ އުމްރާނީ ތަރައްޤީގެ އައު މަޝްރޫޢެއް މިހަފުތާ ތެރޭގައި އެޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އިޢުލާނުކުރައްވާނެ ކަމުގައި ދާޚިލީ ވަޒީރު ޕްރިޓީ ޕަޓޭލް އިޢުލާނުކުރައްވައިފިއެވެ.
ކޮރޯނާ ވައިރަހާ ގުޅިގެން އިނގިރޭސިވިލާތުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ. އެގޮތުން އިދިކޮޅު ފަރާތްތަކާއި ބައެއް ސައެންސްވެރިން ބުނި ގޮތުގައި ސަރުކާރުން ފުރަބަންދު އިޢުލާނުކޮށްފައިވަނީ މާ ލަހުންނެވެ. އަދި ޢާންމުކޮށް މީހުން ޓެސްޓުކުރުންވެސް ކުރިއަށް ގެންދިޔައީ މާ ލަހުން ކަމުގައެވެ.
ނަމަވެސް ސިޔާސީ ގޮތުން ކުރިމަތިވެފައިވާ ދަތިކަމުން އަރާވަޑައިގަތުމުގައި އޭނާގެ ވަޢުދުތައް ފުައްދަވައި މީގެ ކުރިން ވާދަވެރި ލޭބާ ޕާޓީއަށް ތާއީދު ބޮޑު ސަރަހައްދުތަކުގައި ސަރުކާރުން ހޭދަކުރާ މިންވަރު އިތުރުކުރައްވަން ނިންމަވާފައިވެއެވެ.
ސްކައި ނިއުސް ޓީވީގައި ވާހަކަދައްކަވަމުން ޕަޓޭލް ވިދާޅުވެފައިވަނީ މިއީ އިނގިރޭސި ތާރީޚުގައި ދަތި ދުވަސްވަރެއް ކަމުގައެވެ. އަދި މިދަތިކަމުން އަރައިގެން އިނގިރޭސިވިލާތް ހަރަކާތްކުރުމަކީ މުހިއްމު ކަމެއް ކަމުގައެވެ. އަދި މިވައިރަސްގެ ސަބަބުން އިނގިރޭސިވިލާތަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް އުމްރާނީ ވަސީލަތްތައް ތަރައްގީކުރުން މުހިއްމު ކަމުގައެވެ. އެގޮތުން މަގުތައް ބިނާކުރުމާއި ބްރޯޑްބޭންޑު އެޅުމާއި އިތުރު ޚިދުމަތްތައް ޤާއިމުކުރުމަށް މަސައްކަތްކޮށްފައިވެެއެވެ.
އަދި އިނގިރޭސިވިލާތަށް ކިތަންމެ ބޮޑު އިގުތިސާދީ ދަތިކަމެއް މެދުވެރިވެފައިވީނަމަވެސް ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަންގެ ސަރުކާރުން ގެންގުޅުނު ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް ނާޅާނެ ކަމުގައި ބޮރިސް ޖޯންސަން ވިދާޅުވިއެވެ. އަދި ދަ މެއިލް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވެފައިވަނީ އިޤުތިޞާދީ ދުޅަހެޔޮކަމަށް އަނބުރައި އިނގިރޭސިވިލާތް ގެނައުމުގެ މަސައްކަތް ހަލުއިކޮށް ކުރާނެ ކަމުގައެވެ.
މި ލިއުމާއި ގުޅޭ