Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ސިންގަޕޫރުގައި އުޅޭ އެންމެނަށް ސަރުކާރުން ރިޔޫޒެބްލް 2 މާސްކު ހިލޭ ދެނީ

ސިންގަޕޫރުގައި ދިރިއުޅޭ ހުރިހާ އެންމެނަށް އެ ޤައުމުގެ ސަރުކާރުން ރިޔޫޒެބްލް 2 މާސްކު ހިލޭ ދޭން ނިންމައިފިއެވެ.
މި މާސްކުތަކަކީ އެންޓިމައިކްރީބިއަލް، އަދި 30 ފަހަރަށްވުރެ ގިނަފަހަރު ދޮވެގެން ބޭނުން ކުރެވޭ މާސްކެވެ.
މާސްކުތައް ދޫކުރަން ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ. އަދި ވެންޑިން މެޝިންތަކާއި، ކޮމިއުނިޓީ ސެންޓަރު ތަކާއި، އެފަދަ އެހެނިހެން އިޖުތިމާއީ ސެންޓަރުތަކުން މާސްކުތައް ދޫކުރާނެކަމަށްވެއެވެ.
ސިންގަޕޫރުގެ ރައްޔިތުންގެ އިތުރުން، ސިންގަޕޫރުގައި ދާއިމީ ގޮތެއްގައި އަދި ވަގުތީގޮތުން ވަޒަންވެރިވެގެން އުޅޭ ހުރިހާ ފަރާތްތަކަށްވެސް މި މާސްކު ލިބޭނެއެވެ.
މާސްކުތަކު އެންމެހާ ހަރަދުތައް ކޮށްފައިވަނީ ސިންގަޕޫރުގެ ސަރުކާރުގެ ވިޔަފާރި އަދި އިންވެސްޓްމެންޓް ކުންފުނި ކަމަށްވާ ޓެމަސެކްގެ ދަށުން ހިންގަމުން އަންނަ ޓެމަސެކް ފައުންޑޭޝަނުންނެވެ.
މި މާސްކުތައް 2 މަހަށްވުރެ ގިނަ ދުވަހު ބޭނުން ކުރެވޭނެ ކަމަށް ޓެމަސެކުން ހާމަކޮށްފައިވެއެވެ.
މި ލިއުމާއި ގުޅޭ