ބެއިޖިން އިން އިތުރު 25 ކޮވިޑު-19 ކޭސް ފެނިއްޖެ

މަރިޔަމް ލީނާ 19 ޖޫން 2020 09:27
Flowers

ބެއިޖިން އިން އިތުރު 25 ކޮވިޑު-19 ކޭސް ފެނިއްޖެ ކަމަށް ޗައިނާގެ ކަމާއި ބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

މިގޮތުން ބުރާސްފަތި ދުވަހުގެ ނިޔަލަށް އެދުވަހު 25 ކޮވިޑު-19 ކޭސް ފެނިފައިވާއިރު، ބެއިޖިން އިން އަލަށް ފެންނަމުންދާ ކޭސްތަކުގެ އަދަދު ވަނީ 183 އަށް އަރާފައެވެ.

ޗައިނާގެ އިދާރާތަކުން ލަފާކުރާ ގޮތުގައި އާ ކޭސްތައް ފެންނަން ފަށާފައި ވަނީ ބެއިޖިންގެ ކާބޯތަކެތި ވިއްކާ ބާޒާރަކުންނެވެ. 183 ކޭސް ގެ ތެރެއިން 18 ކޭސް ފެނިފައިވަނީ އެ މާކެޓު ހުންނަ ސަރަހައްދުންނެވެ. އާ ކޭސްތައް ފެންނަން ފެށުމުން ޗައިނާގެ އިދާރާތަކުން ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ވަރުގަދަ ފިޔަވަޅުތައް އަޅާފައެވެ. މިގޮތުން ބެއިޖިންގެ އެއާޕޯޓުތަކުން ފުރަން ހަމަޖައްސާފައިވާ އެތައް ފްލައިޓުތަކެއް ވަނީ ކެންސަލްކޮށްފައެވެ.

އަދި ޒަރޫރީ ހާލަތްތައް މެދުވެރިވެގެން ބެއިޖިން އިން ޗައިނާގެ އެހެން ސިޓީތަކަށް ދާން ޖެހޭ މީހުންވެސް ގޮސް ކަރަންޓީނުވާން މިހާރު ޖެހެއެވެ. މީގެ އިތުރުން ބެއިޖިންގެ ސްކޫލްތަކާއި އާންމު ގިނަ ތަންތަން ވަނީ ބަންދުކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު